ޚަބަރު

ހުމާމުގެ އިސްތިއުނާފް އަޑުއެހުމެއް ބާއްވައިފި


ރައްޔިތުން މަޖިލީހުގެ އުނގޫފާރު
ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލިކަމުގެ ކުށް ސާބިތުވެ، މެރުމަށް
ހުކުމްކޮށްފައިވާ ހުސައިން ހުމާމުގެ އިސްތިޢުނާފު މައްސަލައިގެ އަޑުއެހުމެއް
މިއަދު ބާއްވައިފިއެވެ. އަފްރާޝީމް އަވަހާރަކޮށްލިކަމަށް އަމިއްލައަށް ފުރަތަމަ
އިއުތިރާފްވި ހުމާމް މިހާރުދަނީ އެމައްސަލާގައި އިންކާރުކުރަމުންނެވެ. އަދި
މީގެކުރިން މިމައްސަލައިގައި މަޢުލޫމާތު އެގޭނެކަމަށް އޭނާ ބުނިމީހުންގެ
ބަދަލުގައި އެހެންބައެއްގެ ނަން މިހާރުދަނީ ބުނަމުންނެވެ. ހުމާމް ބުނީ އަފްރާޝިމް އަވަހާރަކޮށްލި
ހާދިސާ އެގޭ މީހުން އަދިވެސް ދުނިޔޭގައި އެބަތިކަމަށާއި އެމީހުން ދުނިޔޭގައި
މިހާތަނަށްވެސް ތިބީ ކޮންމެވެސް ސަބަބެއް އޮތީމާކަމަށް ގަބޫލްކުރާކަމަށެވެ.