ހުރަވީ ބިލްޑިންގގައި ހިންގަމުން އަންނަ ސަރުކާރުގެ އޮފީސްތައް ބަދަލުކުރުމަށް ބޭނުންވާ ޖާގަ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕްލޭނިންގ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ސަޢުދު ވިދާޅުވީ ހުރަވީ ބިލްޑިންގގައި ހިންގަމުން އަންނަ އޮފީސްތައް އެހެންތަނަކަށް ބަދަލުކުރުމަށް ނިންމާފައިވަނީ އެތަނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުމުގެ ގޮތުންކަމަށެވެ.
ހުރަވީ ބިލްޑިންގއަކީ 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބާ އިމާރާތަކަށްވާއިރު މި ދިޔަ ހަފްތާގައި އިމާރާތުގެ ޝީޓުން ބައިތަކެއް ވެއްޓި އެ އިމާރާތުގެ ބޭރުގައި ބަހައްޓާފައިހުރި ސައިކަލެއްގައިޖެހި ގެއްލުންވެސް ވެފައިވެއެވެ. ސަބަބުން އިމާރާތުގެ ޝީޓުން ބައިތަކެއް ވެއްޓުމާ ގުޅިގެން މިދވަނީ އެ އިމާރާތުގެ ބޭރުގައި ޕާކުކޮށްފައިހުރި ސައިކަލަކަށްވެސް ގެއްލުންވެފައެވެ.
ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ އެފަދަ ނުރައްކާތެރި ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކާއި ހުރަވީ ބިލްޑިންގ މަރާމާތުކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށެވެ.
ހުރަވީ ބިލްޑިންގގައި ޓްރާންސްޕޯޓް އޮތޯރިޓީއާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ނޭޝަނަލް އިންޓަރ ގްރިޓީ ކޮމިޝަނުގެ އިތުރުން އިމިގްރޭޝަނާއި ސިޓީ ކައުންސިލުގެ އޮފީސްތައް އަންނަނީ ހިންގަމުންނެވެ.