ޚަބަރު

18/30 ވިމެން ފުޓްސެލް ފިއެސްޓަރގެ ފައިނަލުން އެމްޕީއެލް ޖާގަ ހޯދައިފި



ދިވެހި ސިފައިންގެ ކުލަބް ބަލިކޮށް 18/30 ވިމެން ފުޓްސެލް ފިއެސްޓަރގެ ފައިނަލުން އެންމެ ފަހުގެ ޗެންޕިއަން އެމްޕީއެލް ޖާގަ ހޯދައިފިއެވެ.
އެމްޕީއެލް މިބައިގެ ފައިނަލުން ޖާގަ ހޯދާފައިވަނީ ދިވެހި ސިފައިންގެ ކުލަބްއާއި ވާދަކޮށް 6 ލަނޑު 2 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.
މިމެޗްގައި މަޝްހޫރު ވޮލީ ކުޅުންތެރިޔާ ޖޫޒާން ޒަރީރުވަނީ އެމްޕީއެލްއަށް 4 ގޯލް ޖަހާފަދީފައެވެ.
މިމެޗް ކޮންޓްރޯލް ކޮށްގެން ގިނަ ވަގުތު ކުޅެފައިވަނީ އެމްޕީއެލްއިންކަން ފާހަގަކޮށްލެވެއެވެ.
ފާތިމަތު ޝާލިޔާގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު އެމްޕީއެލްއިންވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ، ގިނަ ހަމަލާތަކެއްވެސް އުފައްދާފައެވެ.
ދިވެހި ސިފައިންގެ ކުލަބުން މެޗްގައި އެންމެ ބޮޑަށް އެމްޕީއެލްގެ ގޯލްއަށް ނުރައްކާކޮށްފައިވަނީ ކައުންޓަރ އެޓޭކްތަކުގައެވެ.
މެޗްގައި ދިވެހި ސިފައިންގެ ކުލަބްގެ ބިދޭސީ ކުޅުންތެރިޔާގެ ސޯލިހާގެ މޮޅު ކުޅުން މިމެޗްގައި ފާހަގަކޮށްލެވުނެވެ.
ދިވެހި ސިފައިންގެ ކުލަބްގެ މަރިޔަމް ރިފާއަށް ގޯލް ޖެހުމަށް ދެތިން ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، އޭގެއިން އެއްވެސް ފުރުސަތެއްގެ ބޭނުމެއް ރިފާއަށްވަނީ ހިފޭގޮތް ނުވެފައެވެ.
ދިވެހި ސިފައިންގެ ކުލަބްގެ ދެ ލަނޑުވެސް އެޓީމްއަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ސޯލިހާއެވެ.
އެމްޕީއެލްގެ ފަސްވަނަ ގޯލް އެޓީމްއަށް ކާމިޔާބުކޮށްދިނީ އާމިނަތު ޝާމިލާ. އަދި އެމްޕީއެލްގެ ފަހު ގޯލް އެޓީމްއަށް ކާމިޔާބުކޯށްދިނީ ބިދޭސީ ކުޅުންތެރިޔާ ޒަޙްރާއެވެ.
މެޗްއަށްފަހު އެމްޕީއެލްގެ ޖޫޒާން ޒަރީރު ބުނީ މެޗްއިން މޮޅުވީ ޓީމްގެ ކުޅުންތެރިންގެ ހިއްވަރުންކަމަށެވެ. އަދި މެޗްގައި ގިނަ ގޯލްތަކެއް ޖެހޭނެކަމަށް ކުރިން އުއްމީދު ނުކުރާކަމަށްވެސް ޖޫޒާން ބުންޏެވެ.

ދިވެހި ސިފައިންގެ ކުލަބްގެ އެސިސްޓަންޑް ކޯޗް ނިއުޝާދު މުހައްމަދު ބުނީ ޓީމެއްގެ ގޮތުގައި އެމްޕީއެލް މާ ރަގަނޅު ކަމަށާއި އެޓީމްގެ ހަމަލާތަށް ސިފައިންގެ ކުލަބަށް ނުހުއްޓުވުނީކަމަށެވެ.
އަދި ހޫނުވުމުގެ ސަބަބުން، ދިވެހި ސިފައިންގެ ކުލަބްގެ ބިދޭސީ ކުޅުންތެރިންނަށްވެސް އެންމެ އެކަށީގެންވާ ގޮތުގައި ނުކުޅެވުނުކަމަށް ނިއުޝާދް ބުންޏެވެ.

މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނި އަންނަ ބުރާސްފަތި ދުވަހުގެ ރޭ 08:30ގައެވެ.
ފައިނަލް މެޗްގައި ވާދަކުރާނީ އެމްޕީއެލް އާއި ދިވެހި ސިފައިންގެ ކުލަބްއެވެ.