ޚަބަރު

ސައުތް އޭޝިއަން ބޮޑީބިލްޑިންގް އެންޑް ފިޓްނެސް ފެޑެރޭޝަންގެ އެގްޒެކެޓިވް މެމްބަރަކަށް އަލީ ރިފާއު


ސައުތް އޭޝިއަން ބޮޑީބިލްޑިންގް އެންޑް ފިޓްނެސް ފެޑެރޭޝަންގެ އެގްޒެކެޓިވް މެމްބަރަކަށް ރާއްޖޭގެ ބޮޑީބިލްޑިންގް އެސޯސިއޭޝަންގެ އެކްސްކޯ މެމްބަރު އަލީ ރިފާއު ހަމަޖައްސައިފިއެވެ.
ރިފާއުއަށް މި ސަރަހައްދުގެ ބޮޑީބިލްޑިންގް އަދި ފިޓްނަސް ފެޑަރޭޝަންގެ ހާއްސަ މެމްބަރުކަން ދީފައިވަނީ އޭނާ ބޮޑީ ބިލްޑިންގްއަށް ދޭ ސަމާލުކަމާއި އެއްބާރުލުމުގެ ސަބަބުން ކަމަށް އެ ފެޑެރޭޝަނުން މައުލޫމާތުދެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯހުގައި ވަޒީފާ އަދާކުރާ ރިފާއު މެމްބަރަކަށް ހަމަޖެއްސީ ދުނިޔޭގެ ބޮޑީބިލްޑިންގް އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަންގެ ސެކެޓްރީ ޖެނެރަލް އާއި ބޮޑީބިލްޑިންގް ގެ އޭޝިއަން އަދި ސައުތް އޭޝިއަން ފެޑެރޭޝަންގެ ރައީސުންގެ ނިންމެވުމުގެ މަތިންނެވެ.
ވޮލީ ރެފްރީއެއްގެ ގޮތުގައިވެސް މަސައްކަތްކުރާ ރިފާއު ސައުތް އޭޝިއަން ބޮޑީބިލްޑިންގް އެންޑް ފިޓްނެސް ފެޑެރޭޝަންގެ އެގްޒެކެޓިވް މެމްބަރަކަށް އައްޔަން ކުރުމާއެކު، ފެޑެރޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތަކަށާއި، ފެޑެރޭޝަނުން ރާވާ ހިންގާ މުބާރާތްތަކާއި އެހެނިހެން އިވެންޓްތަކުގައިވެސް ބައިވެރިވާނެއެވެ.

އަލީ ރިފާއުއަކީ ރާއްޖޭގެ ބޮޑީބިލްޑިންގް އެސޯސިއޭޝަންގެ މުބާރާތްތަކާއި ބެހޭ ކޮމިޓީގެ ޗެއާމަންކަންވެސް ފާހަގަކޮށްލެވެއެވެ.