މި އަހަރުގެ ތެރޭގައި 50 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމް ކުރައްވާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ޔޫތް މިނިސްޓްރީން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން ކުޅިވަރަކާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ ފިރިހެން ބޭފުޅުން ކުޅޭނެ ވަރަށް ގިނަ ކުޅިވަރު ވަސީލަތްތައް ގާއިމް ކުރެވެމުންދާކަމަށާއި އަންހެން ބޭފުޅުންނަށްވެސް ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުމަށް ބޭނުންވާ އައުޓްޑޯ ޖިމެއް ހެދުމަށް މިހާރު ނިންމާފައިވާކަމަށެވެ.
އަދި މިއަހަރުގެ ތެރޭގައި 50 ރަށެއްގައި އައުޓްޑޯ ޖިމް ގައިމް ކުރެވިގެންދާނެކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.
ކުޅިވަރާއި ބެހޭ ވުޒާރާއިން ވަނީ ކުރީގެ އީޑީސީގެ ބިމުގައި އަމީނީ ސަންދުރެސްގެ ނަމުގައި އައުޓްޑޯ ޖިމެއް މިދިޔަ މަހު ހުޅުވާފައެވެ.