ކުޅިވަރު

އަންނަ ސީޒަނަށް ސިޓީން 200 މިލިއަން ޕައުންޑް ޚަރަދު ކުރަނީ


އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ 200 މިލިއަން ޕައުންޑް ހަރަދު ކުރަން ތައްޔާރުވެއްޖެ އެވެ.

ސިޓީ ވަރުގަދަ ކުރުމަށް ގެނައުމަށް ގާޑިއޯލާ ބޭނުންވަނީ ދެ ޑިފެންޑަރުންނާއި މިޑްފީލްޑަރަކާއި ފޯވަޑެކެވެ. މި ގޮތުން މިހާތަނަށް ސްކައުޓް ކޮށްފައިވާ އެންމެ މަޝްހޫރު އެއް ކުޅުންތެރިއަކީ އަޔެކްސްގެ ކެޕްޓަން މަތިއަސް ޑިލައިޓެވެ. އޭނާ އަކީ ސްޕޭނުގެ ބާސެލޯނާއިން ވެސް ގަތުމަށް މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިއެކެވެ.

އެތްލެޓިކޯގެ މެޑްރިޑްގެ މިޑްފީލްޑަރު ރޮޑްރީ ގަތުމަށް ވެސް ސިޓީން މިހާރު ވަނީ ސީދާ ކުޅުންތެރިޔާއާ ވެސް މަޝްވަރާކޯށްފަ އެވެ. އޭނާ ވިއްކަން އެތްލެޓިކޯއިން ކިޔާ އަގަކީ 60 މިލިއަން ޕައުންޑެވެ. މީގެ ބަދަލުގައި ފެނާންޑީނިއޯ ވިއްކާލަން ސިޓީ އޮތީ ތައްޔާރަށެވެ.
މީގެ އިތުރުން ލެސްޓާ ސިޓީގެ ހެރީ މެގުއާ އަކީ ސިޓީން ބޭނުންވާ ކުޅުންތެރިއެކެވެ.

ސިޓީން ވިއްކާލާނެ ކަމަށް ބެލެވޭ ކުޅުންތެރިންނަކީ އިކާއީ ގުންޑޮގަން އާއި ނިކޮލަސް އޮޓެމެންޑީ އަދި ފަބިއަން ޑެލްޕް އަދި މަންގާލާ އެވެ.