މިދިޔަ ހަފްތާގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި އެއް މިލިއަނަށްވުރެ ގިނަ ފައިސާ ލިބިފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްތްރީގެ މީޑިއާ އޮފިޝަލް އިސްމާޢިލް އަފްރާހް ވިދާޅުވީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް މާލެ ސަރަހައްދުން ޒަކާތުގެ ގޮތުގައި 1،160155 (އެއްމިލިއަން އެއްލައްކަ ފަސްދޮޅަސްހާސް އެއްސަތޭކަ ފަންސާސް ފަސްރުފިޔާ) ލިބިފައިވާކަމަށެވެ. އެއީ ފިތުރު ޒަކާތް ދެއްކި 24،429 (ސައުވީސްހާސް ހަތަރުސަތޭކަ ނަވާވީސް) މީހުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
މިދިޔަ ހަފްތާގެ ނިޔަލަށް މާލޭގައި ދިރިއުޅޭ ފަރާތްތަކުން އިސްލާމކް މިނިސްޓްރީއަށްވަނީ 755،305 (ހަތްލައްކަ ފަންސާސް ފަސްހާސް ތިންސަތޭކަ ފަސްރުފިޔާ) ލިބިފައިވާކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއެވެ. ހުޅުމާލޭގައި އެޗްޑީސީއަށް ޒަކާތުގެ ގޮތުގައި 61،170 (ފަސްދޮޅަސް އެއްހާސް އެއްސަތޭކަ ހަތްދިޔަ ރުފިޔާ) ލިބިފައިވާއިރު ވިލިމާލޭގައި 27،865 (ހަތާވީސްހާސް އަށްސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ) ލިބިފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖޭގެ އެހެން ރަށްރަށުން ޒަކާތުގެ ގޮތުގައި ލިބިފައިވާ މިންވަރު އަދި މިހާތަނަށް މިނިސްޓްރީއަށް ލިބިފައި ނުވިނަމަވެސް ބީއެމްއެލް އާއި އިސްލާމިކް ބޭންކާއި ދިރާގާއި އުރީދޫ މެދުވެރިކޮށްވެސް އެކިފަރާތްތަތަކުން ފިތުރު ޒަކާތް ދެމުންގެންދާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
މާލޭ ވިލިމާލޭ އަދި ހުޅުމާލޭގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރަކީ:
ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ ޢާއްމުކޮށް ކާން ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން 2.4ކިލޯ އަށް ވާ އަގުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ރަމަޟާންމަހުގެ 29 ގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށްގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.