ލީގުގެ ފަހު މެޗުގައި އެމްޕޮލީ ރެލިގޭޓްކޮށްލުމަށްފަހު އިންޓަރ މިލާން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
އިޓާލިއަން ސެރިއާގައި ރޭ ކުޅެވުނު ފަހު މެޗުތަކުން ޗެމްޕިއަންސް ލީގުގެ ދެ ޖާގަ ޔަގީން ވެގެންދިޔައިރު ރެލިގޭޓްވި ފަހު ޓީމުވެސް ޔަގީންވީ އެންމެ ފަހު މެޗުންނެވެ.
މާކުރިން އިޓަލީގެ ޗެމްޕިއަންކަން ޔުވެންޓަސް ކަށަވަރު ކުރިނަމަވެސް ލީގުގެ އެންމެ ފަހުމެޗާ ހަމައަށް ދިޔައިރުވެސް ޗެމްޕިއަންސް ލީގުގެ ފަހު ދެ ޖާގަ ހޯދުމުގެ ފުރުސަތު ހަތަރު ޓީމަކަށް އޮތެވެ.
އިންޓަރމިލާން ލީގުގެ ހަތަރުވަނަ ޔަގީންކޮށް ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ހޯދީ ރޭގެ މެޗުގައި އެމްޕޮލީ ދޭއް އެކަކުން ބަލިކޮށްގެންނެވެ. މިމެޗުގައި އިންޓަރގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ ކެއިތާ ބާލްޑޭ އާއި ރަދްޔާ ނައިންގޮލަންއެވެ.