ބްރައިޓް ޗެލެންޖް ކަޕްގެ ސެމީ ފައިނަލުން ޔަންގް ސްޓަރ އާއި ޔުނިކް އެފްސީ ޖާގަ ހޯދައިފިއެވެ.
ޔަންގް ސްޓަރ މިމެޗް ކާމިޔާބުކުރީ އެފްސީ ބާގީ އާއި ވާދަކޮށް 3 ލަނޑު 0 ލަނޑުންނެވެ. ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ މިޗްގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަށް އުފައްދާވަނީ ޔަންގް ސްޓަރއިން ކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެފްސީ ބާގީއަށްވެސް ލަނޑު ޖަހާނެ ދެ ތިން ފުރުސަތެއް ލިބިގެންދިޔައެވެ. މެޗްގައި އެފްސީ ބާގީއަށް ޔަންގް ސްޓަރގެ ހަލުވި ފޯވާޑުން ހިފެއްޓުމުގައިވެސް ގިނަ އުދަގޫތަކާއި ކުރިމަތިލާން ޖެހުނެވެ. މެޗް ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ވަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދެ ޓީމްއަށްވެސް މާ ޕާސްކޮށްގެން ރީތި ފުޓްބޯޅައެއް ކުޅެވޭ ގޮތްވަނީ ނުވެފައެވެ. އަދި މެޗްގެ ބޮޑުބައި ކުޅެމުންދިޔަ ވިއްސާރައިގެ ތެރޭގައިކަން ފާހަގަކޮށްލެވެއެވެ. މިމެޗްގައި ޔަންގް ސްޓަރއަށް ލަނޑުތަށް ކާމިޔާބުކޮށްދިނީ އަހުމަދު އައިހަމް އާއި އަހުމަދު ޝާމީން. ޝާމީންވަނީ މިމެޗްގައި ދެ ލަނޑުޖަހާފައެވެ.
މިއަދު ކުޅުނު ދެވަނަ ކުއާޓަރ ފައިނަލް މެޗް ކާމިޔާބުކޮށް ޔުނިކް އެފްސީ ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ކުލަބް ލަޔަންސް އާއި ވަދަކޮށް 1 ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކޮށްގެން. ދެ ޓީމްގެ ފަރާތުންވެސް އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ފައުލްތަކެއް ފެނިގެންދިޔައެވެ. މެޗްގެ ފުރަތަމަ ހާފްގައި ޔުނިކް އެފްސީއަށް ލީޑް ނަގާދިނީ ހުސެއިން ލަތީފްއެވެ. މިލަނޑުއަށްފަހު ލަޔަންސްއިންވަނީ ލަނޑެއް ޖެހުމަށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފަ އަދި ގޯލް ދިމާލަށް ފޮނުވާލީ ހަމަލާތަކުގެ ހުރަހަކަށް ވެފައިވަނީ ޔުކިސް އެފްސީގެ ގޯލް ކީޕަރުއެވެ. މެޗްގެ ދެވަނަ ހާފްގައި ކުލަބް ލަޔަސްއިން އުފައްދަން މަސައްކަތް ކުރި ހަމަލާއެއް ހުއްޓުމުގެ ތެރޭގައި ޔުނިކް އެފްސީގެ ޒަކީވަނީ އެންމެ ފަހު ޑިފެންޓަރެއްގެ ގޮތުގައި ހުރެ ކުލަބް ލަޔަންސްގެ ކުޅުންތެރިއަކަށް ފައުލްކޮށްފައެވެ. މިފައުލްއާއެކު ރެފްރީ ޝިފާން، ޔުނިކް އެފްސީގެ ޒަކީއަށް ދެއްކި ރަތްކާޑްއާއެކު ދެވަނަ ހާފްގެ ފަހު 15 މިނެޓް ޔުނިކް އެފްސީއިން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މެދުންނެވެ. ނަމަވެސް ކުލަބް ލަޔަންސްއަށް އިތުރު ގޯލްއެއް ކާމިޔާބު ކުރެވޭ ގޮތްވަނީ ނުވެފައެވެ.
މިމުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ތިންވަނަ ކުއާޓަރ ފައިނަލް މެޗްގައި ވާދަކުރާނީ އެފްސީ ލެޖެންޓް އާއި ވައި މެކްސްއެވެ. އަދި ހަތަރުވަނަ ކުއާޓަރ ފައިނަލް މެޗްގައި ވާދަކުރާނީ ހެލޯ ބޭބީ އާއި އޮޅުވާލިއެވެ.
12 ޓީމްއަކުން ބައިވެރިވި މިމުބާރާތް މިއަހަރުވަނީ ހަތަރު ގުރޫޕްއަކަށް ބަހާލާފައެވެ. ކޮންމެ ގުރޫޕްއެއްގައި 3 ޓީމް ނިމެނެއެވެ.
މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށްގެންދާ މިމުބާރާތުގެ ޗެންޕިއަން ޓީމްއަށް 45،000 ރުފިޔާ އަދި ދެވަނަ ޓީމްއަށް 15،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.