ޚަބަރު

ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފި


މާފަންނު ބުރުޒުމަގުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި ކުށް ސާބިތުވި ދެ ކުއްޖަކު މެރުމަށް ޖުވައިނަލްކޯޓުން ހުކުމްކޮށްފިއެވެ.މައްޗަންގޮޅީ އައިޝާ، ހުސެއިން ވަހީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުވާކުރި ދެކުދިންގެ މައްޗަށް ދައުލަތުން އުފުލީ ގަސްދުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާއެވެ. މިދައުވާއަށް މިދެކުދިން އިންކާރުކޮށްފައިވެއެވެ.މި މައްސަލަ ނިންމާ މިއަދު ޖުވައިނަލްކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ  މި ދެކުދިން ދައުވާއަށް އިންކާރްކުރިނަމަވެސް މި ދެކުދިންނާއި ދެކޮޅަށް ފަސްމީހަކު ހެކިބަސްދީފައިވާކަމަށެވެ. އަދި މީގެތެރެއިން އެއްކުއްޖަކު ހުސެއިން ވަހީދު ގަޔަށް ވަޅި ހެރިކަމަށް ހަތަރު ފިރިހެނުން ހެކިބަސްދީފައިވާކަމަށްވެސް  ޖުވައިނަލްކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވެއެވެ. މީގއިތުރުން މި މައްސަލާގައި ހިމެނޭ އަނެއް ކުއްޖާ ހާދިސާ ހިގުމުން އެކަން ކުރި ކުއްޖާ ގޮވައިގެން ސައިކަލްގައި ދިޔަތަން ފެނިފައިވާކަމަށް ބުނެ ހެކިބަސްދީފައިވާކަމަށްވެސް ޖުވައިނަލްކޯޓުން އިއްވި ހުކުމްގައިވެއެވެ.ހުސެއިން ވަޙީދް މަރާލުމުގެ ކުށުގައި މި ދެކުދިން ހައްޔަރުކުރި އިރު އެކުދިންގެ އުމުރަކީ ސޯޅަ އަހަރެވެ. ހުސެއިން ވަޙިދަށް ތޫނު އެއްޗަކުން ހަމަލީދީ މަރާލާފައިވަނީ ދެހާސް ތޭރަވަނައަހަރުގެ ޑިސެމްބަރ މަހުގެ ސައްވިސް ވަނަދުވަހުގެ ރޭގެ ވަގުތެއްގައެވެ.