ކުޅިވަރު

ކްރިކެޓް އެޅުވުމުން ސްރީން ސަރަހައްދު ފުރާލައިފި


ކްރިކެޓް ވޯލްޑްކަޕް ފަސޭހައިން ބެލޭނެ އިންތިޒާމް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ހަމަޖައްސައި ދިނުމުން އެސަރަހައްދު އެއްކޮށް ފުރިއްޖެއެވެ.

މިނިސްޓަރ މަހުލޫފް ރާއްޖޭގައި މަސައްކަތް ކުރާ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ކްރިކެޓް ވޯލްޑްކަޕް ފަސޭހައިން ބެލޭނެ އިންތިޒާމް ހަމަޖައްސާދީފައި ވަނީ މެޗްތަށް ބެލުމަށް އެފަރާތްކުން ފިހާރަތަކާއި ރެސްޓޯރަންޓްގެ ބޭރުގައި ކޮޅަށް ތިބުމާއި ގުޅިގެން، އެކަމާމެދު ހިޔާލްފާޅުކޮށް ޝޯޝަލް މީޑިޔާގައި އެވާހަކަތައް ފެތުރުމުންނެވެ.

މިދިޔަ އަންގާރަ ދުވަހު މިނިސްޓަރ އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓްގައި ބުނެފައިވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބޭރުގެ ފަރާތްތަކަށް މެޗް ބެލޭނެ ފަސޭހަ އިންތިޒާމް ހަމަޖައްސައި ދޭނެކަމަށެވެ.

އެކަން ހަމަޖެހި، ކްރިކެޓް ވޯލްޑް ކަޕްގައި ރޭ އޮސްޓްރޭލި އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗް ބަލާލުމަށް ގިނަ ބަޔަކުވަނީ އެސަރައްހައްދަށް ޖަމާވެފައެވެ. ކުރިން މެޗް ބަލަން ކޮޅަށް ތިބި ފަރާތްތަކަށް މަހުލޫފް މިވަނީ ގޮޑީގައި ތިބެ ފަސޭހައިން މެޗް ބަލާލުމުގެ އިންތިޒާމްތަށް ހަމަޖައްސާދެއްވާފައެވެ.

މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މެޗް ބެލޭނެ އިންތިޒާމް މީޑިއާ ނެޓްއިން ހަމަޖައްސައި ދިނުމުން މިނިސްޓަރ އަޙުމަދު މަޙުލޫފް ވަނީ ޝުކުރު އަދާކޮށްފައެވެ.