ކުޅިވަރު

ސަރބިޔާގެ ތަމްރީން ދަތުރުގެ އިންތިޒާމްތައް ވަރަށް ފުރިހަމަ - މެނޭޖަރ އަޝްރަފް


ސަރބިޔާގައި ޤައުމީ ވޮލީ ޓީމް ފަރިތަކުރަމުން އަންނައިރު، ޤައުމީ ޓީމަށް ބޭނުންވާ ހުރިހާކަމެއް ސަރބިޔާގެ ވޮލީބޯލް ފެޑެރޭޝަނުން ވަރަށް ފުރިހަމައަށް ހަމަޖައްސައިދީފައިވާކަމަށް ޤައުމީ ވޮލީ ޓީމްގެ މޭނޭޖަރ އަލީ އަޝްރަފް ބުނެފިއެވެ. ދިވެހި ވޮލީ ޓީމް ތަމްރީން ހަދަމުން އަންނަނީ މިމަހުގެ 17ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށެވެ.

މި ތަމްރީން ދަތުރުގެ އިންތިޒާމްތަކާއި ގުޅޭގޮތުން ޤައުމީ ވޮލީ ޓީމްގެ މެނޭޖަރ އަލީ އަޝްރަފް ބުނީ ސަރބިޔާއަށް ވޮލީ ޓީމް އައިރުވެސް ހުރީ ޓީމަށް ބޭނުންވާ ހުރިހާކަމެއް ހަމަޖައްސައިދީފައިވާކަމަށާއި އެކަމޮޑޭޝަނާއި ކެއުމުގެ ކަންކަންވެސް ވަރަށް ރަނގަޅުކަމަށެވެ.

މި ދުވަސްވަރު ސަރބިޔާ އަދި ލެޓްވިއާގައި ކުރިއަށްދާ ޔޫރޯ ބާސްކެޓް ބޯޅަ މުބާރާތުގައި ބައިވެރިވާ ޤައުމްތަށްވެސް ތިބެނީ ދިވެހި ޤައުމީ ވޮލީ ޓީމް ތިބޭ ހޮޓަލުގައިއެވެ. އަދި ކޯޗިން ކޭމްޕަކަށް ކުވެއިތުގެ ޤައުމީ ވޮލީ ޓީމްވެސް ތިބީ ޤައުމީ ވޮލީ ޓީމް ތިބޭ ކްރައުން ޕްލާޒާ ހޮޓެލްގައެވެ.

ޤައުމީ ވޮލީ ޓީމްގެ މެނޭޖަރ އަލީ އަޝްރަފް ބުނީ ސާބިޔާގެ ވޮލީ ފެޑެރޭޝަންގެ އެހީތެރިކަން ހުރިހާކަމެއްގައިވެސް ލިބޭކަމަށާއި، މިއީ އިންތިޒާމްތައް ވަރަށް ފުރިހަމަ ދަތުރެއްކަމަށެވެ.

"ސާބިޔާގެ ފެޑެރޭޝަންގެ އެހީވަރަށް ލިބޭ. ސާބިޔާގެ ގައުމީ ޓީމްއާއެކު 2011ވަނަ އަހަރު އޮލިންޕިކްސްގައި ގޯލްޑް މެޑަލް ނެގި ކޯޗް، ރާއްޖޭގެ ޓީމްއަށް އިރުޝާދު ދެނީ. މިއީ ގައުމީ ވޮލީ ޓީމްއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް. ގޯލްޑް މެޑަލް ކޯޗްގެ ފަރާތުން ވަރަށް ގިނަ އެހީތަން ލިބޭ ގައުމީ ޓީމްއަށް. ހާއްސަކޮށް ޓެކްނިކަލީ ގޮތުން ވަރަށް ގިނަ ކަންތަށްތަކެއް މި 2 ދުވަސްގެ ތެރޭގައި ބުނެދީފައިވޭ. ކުދިކުދި ކަންތަށްތަށް ރަގަނޅު ކޮށްލައިގެންވެސް ބޮޑު ތަފާތެއް ގެންނާނެ ގިނަ ކަންތަށްތަކެއްވެސް މިހާރުވެސް ބުނެދީފައިވޭ." މެނޭޖާރ އަޝްރަފް ބުންޏެވެ.