މުނިފޫހިފިލުވުން

"މެ ތޮ ރާސްތޭ ސެ ޖާ ރަހާތާ" ރީމޭކްގައި ވަރުންނާއި ސާރާ


1995 ވަނަ އަހަރު މަޝްހޫރުވެގެންދިޔަ ހިންދީ ލަވަ " މެ ތޮ ރާސްތޭ ސެ ޖާ ރަހާތާ " ގެ ރީ މޭކެއް ތައްޔާރުކުރާނެކަން އެ ލަވަ ފުރަތަމަ ޑައިރެކްޓްކުރި ޑޭވިޑް ދާވަން ބުނެފިއެވެ.

1995 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމް " ކޫލީ ނަމްބަރު ވަން " ގެ ރީމޭކް ހެދުމަށް ނިންމިކަން ވަރުން ދަވަން ހާމަކުރީ މިއަހަރުގެ ކުރީކޮޅުއެވެ. ބައްޕަ ޑޭވިޑް ދަވަންގެ ކާމިޔާބު މި ފިލްމްގައި ލީޑްރޯލުން ވަރުންނާއި އެކު ފެނިގެންދާނީ ދާދި ފަހުން ފިލްމީ ދުނިޔެ އަށް ނުކުތް ސާރާ އަލީ ހާންއެވެ.

ޑޭވިޑް ދަވަން ބުނީ " ކޫލީ ނަމްބަރު ވަން " ގައި ވެސް މުހިއްމު ރޯލެއް އަދާކުރި ލަވަ " މެ ތޮ ރާސްތޭ ސެ ޖާ ރަހާތާ " ރީކޯލެއް ހަދަން ނިންމީ މި ފިލްމުގައިވެސް އެ ލަވަ މުހިއްމު ރޯލެއް ކުޅޭނެކަމަށް ޤަބޫލުކުރެވޭތީއެވެ. އެހެންނަމަވެސް ޒަމާން ބަދަލުވެފައިވާތީ މި ފަހަރުގެ ލަވަ ކުރީ ލަވައާއި ވަރަށް ތަފާތުވާނެކަމަށްވެސް ޑޭވިޑް ދަވަން ބުނެއެވެ.

1995 ވަނަ އަހަރު ގިނަ ބަޔަކަށްކަމުދިޔަ ހެއްވާ މަޖާ " ކޫލީ ނަމްބަރު ވަން " ގެ ލީޑު ރޯލުން ފެނިގެން ގޮސްފައިވަނީ ގޯވިންދާއާއި ކަރިޝްމާ ކަޕޫރުއެވެ. މި ފިލްމްގެ ރީމޭކް ހެދުމަށް ތައްޔާރުވަމުން އަންނައިރު ފިލްމްގެ ފުރަތަމަ ދައްކާލުމުގެ ގޮތުން ފިލްމްގައި ވަރުން ދަވަންގެ އަތުގައި އަޅާފައި އޮންނާނެ ބެޖް ވަނީ ދައްކާލާފައެވެ.

މި ފިލްމްވެސް ޑައިރެކްޓް ކުރަނީވެސް ވަރުންގެ ބައްޕަ ޑޭވިޑް ދަވަންއެވެ. " ކޫލީ ނަމްބަރު ވަން" ގެ ޑައިރެކްޓަރަކީވެސް ޑޭވިޑް ދަވަންއެވެ.

ފިލްމުގެ ޝޫޓިންތައް އަންނަ މަހުގެ 5 ވަނަ ދުވަހު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަދި ސިނަމާތަކަށް ފިލްމް އަންނާނީ 2020 ވަނަ އަހަރުގެ މޭމަހުގެ އެއްވަނަ ދުވަހުއެވެ. މި ފިލްމްގައި ވަރުން އާއި ސާރާގެ އިތުރުން ޕަރޭޝް ރަވޭލްވެސް މުހިއްމު ދައުރެއް އަދާކުރާނެއެވެ.

ޑޭވިޑް ދަވަން ވަނީ އޭނާ 1997 ގައި އުފެއްދި "ޖުޅުވާ" ގެ ރީމޭކެއްވެސް އުފައްދާފައެވެ. ދަރިފުޅު ދަވަން އާއި ތާޕްސީ ޕަންނޫއާއި ޖެކްލިން ފެނާންޑޭޒް ލީޑު ރޯލުން ފެނިގެންދިޔަ "ޖުޅުވާ 2" އިން ފުރަތަމަ ފިލްމްގެ ބަތަލާ ސަލްމާނު ހާންވެސް ހާއްސަ ފެނިލުމަކުން ފެނިގެން ގޮސްފައިވެއެވެ.

2017 ވަނަ އަހަރު ނުކުތް މި ފިލްމް ވަނީ ބޮކްސް އޮފީހުގައި ކާމިޔާބު ހޯދާ 227.59 ކްރޯޑް ރުޕީސް ހޯދާފައެވެ. ޢަދި 2017 ވަނަ އަހަރު ނުކުތް ފިލްމްތަކުގެ ލިސްޓަގައި ވިޔަފާރީގެ ގޮތުން އެންމެ ކާމިޔާބު ފިލްމްތަކުގެ 7 ވަނައިގައި އޮތީ މި ފިލްމްއެވެ.