ވިޔަފާރި

އެމްޓީޑީސީގެ މިދިއަ އަހަރުގެ ސާފު ފައިދާ އަށް 13.5މިލިއަން ރުފިޔާ


މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެމްޓީޑީސީގެ މިދިއަ އަހަރުގެ ސާފު ފައިދާ އަށް 13.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.އެމްޓީޑީސީގެ ހިސާބުތައް ދައްކާ ގޮތުން އެ ކުންފންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 221 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.އެމްޓީޑީސީ އަށް ފައިދާ ނުވާތާ އަހަރުތަކެއް ފަހުން މިދިއަ އަހަރުން ފެށިގެން މިވަނީ ފައިދާވާން ފަށާފައެވެ.މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް އެމްޓީޑީސީ އަށް ވަނީ 15 މިލިއަން ރުފިޔާގެ ފައިދާ އެއް ވެފައެވެ.