ކުޅިވަރު

އައި.އޯ.އައި.ޖީގައި މެޑަލް ހޯދަން ފިރިހެން ވޮލީ ޓީމް ތައްޔާރު - ކޯޗް ސާޖިދު


ޤައުމީ ފިރިހެން ވޮލީ ޓީމަށް އައި.އޯ.އައި.ޖީގައި މެޑަލެއް ހޯދޭ ވަރަށް މިހާރު ތައްޔާރުވެފައިވާކަމަށް ކޯޗް މުޙައްމަދު ސާޖިދު ބުނެފިއެވެ.

ސަރބިޔާ ކޭމްޕްގައި ކުވެއިތުގެ ޤައުމީ ޓީމާއި ދެކޮޅަށް ކުޅުނު އެންމެ ފަހު މެޗަށްފަހު ވާހަކަދައްކަމުން ޤައުމީ ފިރިހެން ވޮލީ ޓީމްގެ ކޯޗް މުޙައްމަދު ސާޖިދު ބުނީ މިކޭމްޕްގައި ރާއްޖޭގެ ޓީމުން ކުޅުނު އެންމެ ރަނގަޅު މެޗަކީ ކުވެއިތުގެ ޤައުމީ ޓީމާއި ދެކޮޅަށް ކުޅުނު އެންމެ ފަހު މެޗެވެ.

މި ތަމްރީން ދަތުރާއި ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗް މުޙައްމަދު ސާޖިދު ބުނީ މިއީ މުޅިން މުޅިން ތަފާތު އައު ކަންތައްތަކެއް ދަސްވި ކޭމްޕެއްކަމަށެވެ. ޚާއްސަކޮށް އޭޝިޔާގެ ވޮލީއާއި ޔޫރަޕްގެ ވޮލީގައި ހުރި ތަފާތު ކަންތައްތައް ވަރަށް ބޮޑަށް ކުޅުންތެރިންނަށް އެނގިގެން ގޮސްފައިވާކަމަށެވެ. ސަރބިޔާގައި މިކުރި ކޭމްޕްގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް ބޮޑު ކުރިއެރު ލިބިއްޖެކަމަށް ސާޖިދު ބުންޏެވެ. ޚާއްސަކޮށް ރާއްޖޭގެ ކުޅުންތެރިންގެ އެންމެ ދަށް ޑިޕާޓްމަންޑްކަމަށްވާ ޑިފެންސްއާއި ބްލޮކް، މިހާރު ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާކަމަށް ކޯޗް ސާޖިދު ފާހަގަކުރިއެވެ.

"ދެ ހަފްތާގެ މިކޭންޕްއިން ދަސްވި ކަންތަށްތަށް ރާއްޖޭގެ ޓީމްއަށް ކުއްލިއަކަށް ބަދަލްއެއް ނުކުރެވޭނެ. ބޮޑެތި ކަންތަށްތަށް ރަގަނޅު ކުރުމަށް ދުވަސްނަގާނެ. ނަމަވެސް ކުރިއަށް އޮތް އައިއޯއައިޖީއަށް ރަގަނޅު ކުރެވޭނެ ކިތަންމެ ކަމެއް އެބަހުރި. އެކަންތަށްތަށް މިހާރުވެސް ޓީމްގެ ކުޅުންތެރިން އަންނަނީ ރަގަނޅު ކުރަމުން. އަޅުގަނޑުމެން އައިއޯއައިޖީގައި ގޯލްޑް މެޑަލް ހޯދާކަށް އަސްލުގައި ނުވިސްނަން. 3ވަނަ، ބްރައުންޒް މެޑަލްއަށް އަޅުގަނޑުމެން މިބަލަނީ. މިހާރު ކުޅުންތެރިންވެސް އެބަބުނޭ ރާއްޖޭގައި ވޮލީ ކުޅޭތީ ކުޅެނީކަމަށް. އަސްލުގައި ބޭކިސްހަމަ ސުމެއްކަން. ކުޅުންތެރިންނަށްވެސް މިހާރު އެކަން އެބައިގޭ." ކޯޗް މުހައްމަދު ސާޖިދު ބުންޏެވެ.

ގައުމީ ކޯޗް މުޙައްމަދު ސާޖިދު ބުނީ ރާއްޖެއިން ވޮލީގެ ގަދަ ބާރަކަށް ވާންބޭނުންވާނަމަ، ދުރު ރާސްތާ ޕްލޭނެއް މުހިންމުކަމަށެވެ. ޕްލޭނަކާއިއެކު ވޮލީ ކުޅޭނެ އަމިއްލަ ވަސީލަތްތައްވެސް ބިނާ ކުރުން މުހިންމުކަމަށް ސާޖިދު ބުންޏެއެވެ. އާންމުކޮށް ރާއްޖޭގެ ޤައުމީ ޓީމް ކޭމްޕް ކުރަމުން އައިސްފައިވަނީ އޭޝިޔާގެ ޤައުމުތަކުގައެވެ. މިފަހަރުގެ ތަމްރީން ދަތުރަކީ ޔޫރަފްގެ ޤައުމެއްގައި ދިވެހި ޓީމެއް ކޭމްޕްކުރި ފުރަތަމަ ފަހަރެވެ.