ޚަބަރު

އަލިފުށީގައި ގުދަނެއްގައި ރޯވެ 3.5 މިލިޔަން ރުފިޔާގެ ގެއްލުން


މާޅޮސްމަޑުލު އުތުބުރީ އަލިފުށީގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމުގެ އަދަދު ތިނެއް ޕޮއިންޓް ފަހެއް މިލިޔަން ރުފިޔާއަށް އަރާނެކަމަށް މުދަލުގެ ވެރިފަރާތާ ހަވާލާދީ އަލިފުށީ ކައުންސިލުން ބުނެފިއެވެ.އަލިފުށީގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ވަނީ ގުދަނެއް އަނދާހުލިވެފައެވެ. އެހެންނަމަވެސް މިހާދިސާގައި މީހަކަށް ހާނިކަވެފައެއް ނުވެއެވެ.ރޭ މެންދަމު ދޭއްޖަހާކަންހާއިރު އަލިފާނުގެ ހާދިސާ ހިނގުމާއެކު، އަލިފާން ކޮންޓްރޯލްކުރުމަށާއި މުދާ ސަލާމަތްކުރުމަށް ފުލުހުންނާއި ރަށުގެ އާމުން ގުޅިގެން ކުރި މަސައްކަތުން ލައްކައެއްހާރުފިޔާގެ މުދާ ސަލާމަތްކުރެވުނު ކަމަށް މުދަލުގެ ވެރިފަރާތާ ހަވާލާދީ އަލިފުށީ ކައުންސިލުންބުނެއެވެ. އަނދައިގެންދިޔަތަނުގައި މައިގަނޑު ގޮތެއްގައި ރަށްކާކޮށްފައިހުރީ އޮޑިދޯނި ފަހަރު ބަނުމަށް ބޭނުންކުރާ ތަކެތިކަމަށް ފުލުހުންބުނެއެވެ.އަލިފާނުގެ ހާދިސާގައި އަނދާފައިވާ ތަނުގައިހުރި މުދާ އިންޝުއަރެންސް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.