ރިޕޯޓް

ރައީސް ޔާމީންގެ އުފަންދުވަސް ކުޑަކުދިންނާއިއެކު ފާހަނގަކޮށްފި


ރައީސް އަބްދުﷲ ޔާމީންގެ 56 ވަނަ އުފަން ދުވަހާއި ގުޅިގެން އެމަނިކުފާނުގެ ގާތް ރަހުމަތްތެރިންނާއި ހެޔޮއެދޭ ފަރާތްތަކުން މާލޭގައި ކުޑަކުދިންނާއި ގުޅޭ ތަފާތު ހަރަކާތްތަކެއް ހިންގައިފިއެވެ.މިހަރަކާތްތަކުގެތެރޭގައި ހިމެނެނީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭ ކުޑަކުދިންގެ ހިޔާއާއި ސްރީލަންކާގެ ސޯސަންވިލާގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރުތަކެވެ.މާލޭގައި މި ކުޑަކުދިންގެ ހަވީރުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ، ހެންވޭރުން ހެދިގޮނޑުދޮށާއި މާފަނުން ސޯޝަލް ސެންޓަރު ކުރިމައްޗާއި އަދި ގަލޮޅުގައެވެ.މި ހަވީރުގައި ތަފާތު ކުޅިވަރުރުތަކަކާއެކު ކުޑަކުދިންގެ ހިތް އުފާނެ އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.މިހަރަކާތްތައް ރޭވިފަރާތްތަކުން ބޭނުންވީ ކުދިންނާއެކު ރައީސް އަބްދުﷲ ޔާމީންގެ 56 ވަނަ އުފަންދުވަހުގެ ހެޔޮއެދުންތައް ފާޅުކުރުމެވެ.ރައީސް އަބްދުﷲ ޔާމީންގެ ގާތް އެކުވެރިންނާއި ހެޔޮއެދޭ ފަރާތްތަކުން މިއަދު ބޭނުންވަނީ ގައުމީ ޚިދުމަތުގައި އެމަނިކުފާނު ކުރިމަތިލައްވާފައިވާ އުނދަގޫ މަސައްކަތްޕުޅަށް ހިއްވަރު ދިނުމަށެވެ.ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ހުޅުލެއާއި މާލެއާއި ދެމެދު ކަނޑު ހުރަސްކޮށް އަޅަން ތައްޔާރުވަމުންދާ ބްރިޖާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރުމާއި އެއަރޕޯޓްގެ ތަރައްގީ ކުރުމާއި އައި ހެވަންފަދަ ބިޔަ ތަރައްގީގެ މަޝްރޫއުތަކަކީ، ރާއްޖެ ތަރައްގީގެ މުޅިން އާ މަންޒިލަކަށް ގެންގޮސްދޭނެ ބޮޑެތި މަޝްރޫއު ތަކަށްވާތީ ރައީސް ޔާމީނަށް ހިއްވަރުދޭންޖެހޭ ކަމަށް އެމަނިކުފާނުގެ އެކުވެރިން ދެކެއެވެ.މިކުދިންނަކީ މުސްތަގްބަލްގައި މިމަޝްރޫއުތަކުގެ ހަގީގީ ނަފާ ލިބިގެންދާނެކުދިން ކަމަށްވާއިރު މިކުދިން ރައީސް ޔާމީންގެ އުފަންދުވަހުގެ ތަހުނިޔާ ކިޔަމުންދަނީ އުފާވެރިކަމާއެކުއެވެ.މާލޭގެ އެކި ސަރަހައްދުތަކުގައި މިކުދިންމިވަނީ އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައެވެ.މިކުޅިވަރުތައް ނުވަތަ ކުޑަކުދިންގެ ހަވީރު ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެއިތުރުން ސްރީލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކުންވެސް ސޯސަންވިލާގައި ފާހަގަކޮށްފައިވެއެވެ.