ކުޅިވަރު

ވޯލްޑް ހޯޕްގެ ބަދަލުގައި ބޭނުންވީ ގައުމްއަށް ރީތި ނަމެއް ހޯދައިދޭން - ދީމާ


ވޯލްޑް ހޯޕްސްގެ ބަދަލުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާން ނިންމީ ޤައުމީ ޓީމަށް އެންމެ މުހިންމު މުބާރާތަކީ އައިއޯއައިޖީއަށްވާތީކަމަށް އެ ގޭމްސްގައި 3 ރަން މެޑަލް ހޯދި ދިމާ އަލީ ބުނެފިއެވެ.

ރާއްޖޭގެ އެއްވަނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާވަނީ މިދިޔަ އަހަރުގެ ސައުތް އޭޝިއަން ޖޫނިއަރ މުބާރާތުގެ ރަން މެޑަލް ހޯދާފައި. އަދި އޭގެ ފަހުން އޭޝިޔާ ހޯޕްސް މުބާރާތުގައި ވާދަކޮށް ދީމާ ރިހި މެޑަލް ހޯދިއެވެ. މި ކާމިޔާބާއިއެކު އޭނާވަނީ ވޯލްޑް ހޯޕްސްއަށް ކޮލިފައިވެފައިއެވެ.

ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި ވޯލްޑް ހޯޕްސްއާއި އެއް ދުވަސްވަރަކަށް ދިމާވުމުން ދީމާވަނީ ޖޫނިއަރ ވޯލްޑްކަޕްއަށް ވުރެ ބޮޑަށް އަމިއްލަ ގައުމަށް ރީތިނަން ހޯދައިދިނުމަށް އިސްކަންދީފައެވެ. ދީމާ ބުނީ ވޯލްޑް ހޯޕްސްގައި ކުޅެލަން ލިބުމުން ވަރަށް އުފާވިކަމަށާއި އަދި ފުރަތަމަ ފަހަރަށް އެލެވެލްގައި ކުޅެލަން ލިބުމުން ވަރަށް ހިންހަމަޖެހުނުކަމަށެވެ. ނަމަވެސް އައިއޯއައިޖީއާއި ދިމާވުމުން، އެންމެ ފުރަތަމަ ނިންމީ ގައުމަށް މެޑައްޔެއް ހޯދައިދޭންކަމަށާއި، އައިއޯއައިޖީގައި ބައިވެރިވީ ޓީޓީ ޓީމާއިއެކު ކާމިޔާބީ ހޯދަންކަމަށް ދީމާ ބުނެފިއެވެ.

"ވޯލްޑް ހޯޕްސް ދިމާވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި. ދެން ވިސްނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ނިންމާފަ ވޯލްޑް ހޯޕްސްއަށް ދާ. ނަމަވެސް 100 ޕަސެޓް ހާޒިރީ ބޭނުންވާތީ ވޯލްޑް ހޯޕްސް ތަންޏާ އައިއޯއައިޖީއަކަށް ނުދެވޭނެ. ދެން ދިމާ ބޭނުންވީ ދީމާގެ މަންމަ އާއި ބަންޕަގެ ނިންމުމަކާއި ކޮބާތޯބަލަން. އަދި އެސޯސިއެޝަންގައިވެސް ބުނީ މަންމަ އާއި ބައްފަ ބޭނުންވާ ގޮތް ދީމާއަށް އެންމެ ރަގަނޅުކަމަށް. މަޝްވަރާ ކުރުމަށްފަހު މަންމަ އާއި ބައްޕަ ނިންމީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދިއުމަށް. މިއަދު ދީމާ ވަރަށް އުފާވޭ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދެވުމުން. ގައުމަށް ތިން ރަން މެޑަލް ހޯދައިދިނުމުން ވަރަށް އުފާވި." ތިން ރަން މެޑަލް ރާއްޖެއަށް ހޯދައިދިން ދީމާ އަލީ ބުންޏެވެ.

ދީމާ އަލީވަނީ ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަންހެން ޓީމް އިވެންޓުންނާއި އަންހެން ޑަބަލްސް އަދި އަންހެން ސިންގަލްސް އިވެންޓުންވެސް ރަން މެޑަލް ހޯދާފައެވެ.