ކުޅިވަރު

ގުއާމާއި ދިވެހިރާއްޖެ ކުޅޭ މެޗަށް އޭއެފްސީން އަންހެން މެޗު ކޮމިޝަނަރެއް ހަމަޖައްސައިފި


ގުއާމާއި ދިވެހިރާއްޖެ ކުޅޭ މެޗަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ން އަންހެން މެޗު ކޮމިޝަނަރެއް ހަމަޖައްސައިފިއެވެ.

އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ގުއާމުގައި ކުޅޭ މެޗުގައި މެޗު ކޮމިޝަނަރެއްގެ ރޯލު އަދާކުރާނީ ދެކުނު ކޮރެޔާގެ ކިމް ސައި އިންއެވެ. މިއީ އޭޝިޔާގެ ވޯލްޑް ކަޕް ކޮލިފައިން ފިރިހެން މެޗެއްގައި އަންހެނަކު މެޗު ކޮމިޝަނަރުކަންކުރާ ފުރަތަމަ ފަހަރެވެ. އޭއެފްސީންވަނީ އިތުރު ތިން މެޗަކަށްވެސް އަންހެން މެޗު ކޮމިޝަނަރުން ހަމަޖައްސާފައެވެ.

އޭޝިޔާގެ މައި ފުޓްބޯޅަ އިދާރާއިން ބުނީ މިއީ އޭޝިޔާގެ ފުޓްބޯޅަ ކުރިއެރުވުމުގެ ޕްރޮގްރާމުގެ ދަށުން ގެނައި ބަދަލެއްކަމަށާއި ކުރިމަގުގައި އަންހެނުންނަށް ފުޓްބޯޅައިން ގިނަ ފުރުޞަތުތަކެއް ދޭން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އޭޝިޔާގެ ޤައުމުތަކުގެ ލޯކަލް ލީގުތަކުގައިވެސް އަންހެން މެޗު ކޮމިޝަނަރުންނާއި ރެފްރީން ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އޭއެފްސީން ރާވާ ހިންގާ މުބާރާތްތަކުން އަންހެނުންނަށް ކުރިމަގުގައި ގިނަ ފުރުޞަތުތަކެއް ދޭން ނިންމާފައިވާކަމަށް އޭއެފްސީން ހާމަކުރިއެވެ.