ޚަބަރު

ތައިލަންޑްގައި ހުންނަވާ ސަފީރު ކަމަށް ޖިނާހް އައްޔަން ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، މައްޗަންގޮޅި ތިބްރޯޒް މުޙައްމަދު ޖިނާޙް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މުޙައްމަދު ޖިނާޙް މީގެ ކުރީން ހުންނެވީ ގްރީން ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑް ގްރޫޕްގެ ޖެނެރަލް މެނޭޖަރުކަމުގެ މަޤާމުގައެވެ.

ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމުގައި އެންމެ ފަހުން ހުންނެވީ ޑީއާރުޕީގެ ކުރީގެ ލީޑަރ މުޙައްމަދު ނަޝީދު(ކާނަލް) އެވެ. ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ" އުފައްދާފައިވަނީ މިދިޔަ އަހަރު އެވެ.