މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި އޮތް ތެޔޮ ބައުޒަރެއްގައި އަލިފާން ރޯވެއްޖެއެވެ.
މިރޭ ހަތްގަޑި ތިރީސް ނުވައެއްހާއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވޭ. އެމްއެންޑީއެފުން ވިދާޅުވީ އަލިފާން ރޯވީ އެ ވެހިކަލްގެ އިންޖީނުގައި ކަމަށާ، މިހާރު އަލިފާން ނިއްވާލާފައިވާކަމަށް. މި ހާދިސާ ހިނގިއިރު ވެހިކަލްގައި ޑްރައިވަރާއި އެހީތެރިއަކުވެސް އިންކަމަށް އެމްއެންޑީއެފުން ވިދާޅުވޭ. އަދި މި ތެޔޮ ބައުޒަރުގެ އިންޖީނުގައި ރޯވެފައިވަނީ އިންޑަސްޓްރިއަލް ވިލެޖުގައި މަޑުކޮށްގެން އޮއްވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވޭ.