ޚަބަރު

އަލިފާނުގެ ޙާދިސާގައި ގެއްލުންވި މީހުންނަށް އެހީވުމަށް ކުރިއަށްދާ މަސައްކަތް ނާއިބު ރައީސް ބައްލަވާލައްވައިފި


އަލިފާނުގެ ޙާދިސާގައި ގެއްލުންވި ފަރާތްތަކަށް ޢާންމުންގެ ފަރާތުން ލިބޭއެހީ އެ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ދާގޮތް ނާއިބު ރައީސް ފައިސަލް ނަސީމް ބައްލަވާ ލައްވައިފިއެވެ.

ނައިބު ރައީސް، ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ޢާންމުން ދޭ އަންނައުނާއި އެހެނިހެން ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންދާ ދަރުބާރުގެއަށް ވަޑައިގެންފައެެވެ. އަދި އެކަމުގައި އުޅޭ މީހުންނާ ބައްދަލު ކުރައްވައި، އެމަސައްކަތްތަކުގައި އުޅެމުންދާ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ޢާންމުންނާ ބައްދަލު ކުރައްވައި އެމަނިކުފާނުވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ނައިބު ރައީސާއެކު ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އެމަސައްކަތްކުރާ ހޯލަށް ވަޑައިގެންފައިވެއެވެ. ފަހުގެ ތާރީޚެއްގައި މާލޭގައި ހިނގައިދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އޭގެ ތެރޭގައި ބައެއް ގެތަކުގައި މީހުންނަށް ނޫޅެވޭ ވަރަށް ވަނީ އަނދައިގެން ގޮސްފައެވެ.