އައްޑޫ ސިޓީ ހުޅުދޫގައި މީހަކަށް އަނިޔާކޮށް އެއްލާފައިއޮތް މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ ހުޅުދޫ ފްލެޓް ސަރަޙައްދުގައި މީހަކަށް އަނިޔާކޮށް އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 19:00 ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މީދޫގެ 4 ފިރިހެނުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
އެމީހާގެ ބޮލުގައި އެއްޗަކުން ޖަހާ ބޯފަޅާލައި ގައިގެ އެކި ތަންތަނުގައި ތަޅާ އަނިޔާކޮށްފައިވާކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
އުމުރުން 35 އަހަރުގެ އެ މީހާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުދޫ ހެލްތް ސެންޓަރުގައެވެ.