ކުޅިވަރު

އަންސޫ ފަޓީ އެންމެ ފަހުން 21 އަހަރުން ދަށުގެ ޤައުމީ ޓީމަށް


ބާސެލޯނާގެ ޒުވާން ފޯވަޑް އަންސޫ ފަޓީ އެންމެ ފަހުން ސްޕެއިންގެ 21 އަހަރުން ދަށުގެ ޤައުމީ ޓީމުގައި ހިމަނައިފިއެވެ.

އޭނާ ޓީމުގައި ހިމެނީ ބާސެލޯނާގެ ފޯވަޑް ކާލޮސް ޕެރޭޒަށް އަނިޔާވުމުގެ ސަބަބުންނެވެ.

ކުރިން އޮތީ 16 އަހަރުގެ ފޯވަޑް އަންސޫ ފަޓީ ލައްވައި ޤައުމީ ޓީމަށް ކުޅުވާ ގޮތަށެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް 21 އަހަރުން ދަށުގެ ޓީމުގައި އޭނާ ހިމެނުމުން ސީނިއާ ގައުމީ ކޯޗު ވަނީ ހިތްހަމަމަޖެހުން ފާޅުކޮށްފައެވެ.

ފަޓީ އަކީ ބާސެލޯނާ އަށް އެންމެ ޒުވާން އުމުރުގައި މެޗެއް ކުޅެ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ އަކީ ގިނީގެ ރައްޔިތެކެވެ. ނަމަވެސް ސްޕޭނުގައި އުޅޭތާ 10 އަހަރުވުމުން އޭނާ އަށް ވަނީ ދާދި ފަހުން ސްޕޭނުގެ ރަށްވެހިކަން ދީފައެވެ. މިހެންވެ އޭނާ ކުޅޭނެ ޤައުމެއްގެ ގޮތުގައި ވެސް ހަމަޖައްސާފައިވަނީ ސްޕޭނެވެ. ނަމަވެސް ގިނީ އާއި ޕޯޗުގަލްއިން ވަނީ އޭނާ ލައްވައި ކުޅުމުގެ އުއްމީދު އާކޮށްފައެވެ.

އަންސޫ ފަޓީ 21 އަހަރުން ދަށުގެ ޓީމުގައި ހިމެނި ނަމަވެސް މި މަހު ބްރެޒިލްގައި ފަށާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި އޭނާ ލައްވައި ނުކުޅުވާނެއެވެ. އެއީ ބާސެލޯނާގެ އެދުމުގެ މަތީންނާއެކު ވެސް އެކުގައެވެ. އޭގެ ބަދަލުގައި އޭނާ ލައްވައި ސީނިއާ ޓީމަށް ކުޅުވަން ފެޑަރޭޝަނުން ވަނީ ނިންމާފައެވެ.