މުނިފޫހިފިލުވުން

ޗެކް ބައުންސް މައްސަލައެއްގައި އަމީޝާ ހައްޔަރުކުރަނީ


ޗެކް ބައުންސް މައްސަލާގައި ކުރީގެ މަޝްހޫރު ތަރި އަމީޝާ ޕަޓޭލް ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފިއެވެ.

އިންޑިއާ ނޫސްތައް ބުނާ ގޮތުން ރާންޗީ ކޯޓަކުން އަމީޝާ އާއި ދެކޮޅަށް ނެރުނު ކޯޓު އަމުރު ތަންފީޒުކުރުމަށް މުމްބާއީއަށް ދިޔުމަށް ރާންޗީ ފުލުހުން ދަނީ ތައްޔާރުވަމުންނެވެ.

އަމީޝާ ޕަޓޭލާއި އޭނާގެ ވިޔަފާރީގެ ބައިވެރިޔާ ކުނާލް ވަނީ 2018 ވަނަ އަހަރު ފިލްމެއް ހަދަންކަމަށް ބުނެ ޕްރޮޑިއުސަރ އަޖޭ ސިންގ އަތުން 2.5 ކްރޯޑް ރުޕީސް ވަނީ ނަގާފައެވެ. މި ފިލްމް މިހާތަނަށް ނެރެފައެއް ނުވެއެވެ. އަމީޝާއަށް ދިން ފައިސާ ހޯދުމަށް ތަކުރާރުކޮށް އެދުމުން އަމީޝާ ވަނީ 3 ކްރޯޑް ރުޕީސްގެ ޗެކެއް ދީފައެވެ. އެހެންނަމަވެސް މި ޗެކްވަނީ ބައުންސްވެފައެވެ.

ޕްރޮޑިއުސަރ އަޖޭ ސިންގ ބުނީ އޭނާ މި މައްސަލަ ކޯޓަށް ހުށައެޅީ ފައިސާ ހޯދުމަށް އަމީޝާއާއި އޭނާގެ ވިޔަފާރީގެ ބައިވެރިޔާ ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބުނުދޭތީކަމަށެވެ. އަދި ކޯޓަށް ހުށައެޅި މައްސަލައަށްވެސް އަމީޝާ ޖަވާބުދީފައިނުވެއެވެ.

އަމީޗާގެ މައްޗަށް މި ނޫންވެސް މައްސަލައެއް ރާންޗީ ފުލުހުންނަށް ވަނީ ހުށައަޅާފައެވެ. އެވެސް މަކަރާއި ހީލަތް ހެދިކަމަށް ބުނާ މައްސަލައެކެވެ. އެ މައްސަލާގައި ބުނާގޮތުން ރާންޗީގައި އޮތް އިވެންޓަކަށް ހާޒިރުވާނެކަމަށް ބުނެ އިވެންޓް އޮގަނައިޒަރ އަތުން ފައިސާ ނެގުމަށްފަހު އަމީޝާ އެ އިވެންޓަށް ގޮސްފައެއް ނުވެއެވެ.

ރިތިކް ރޯޝަނާއ އެކު "ކަހޯނާ ޕިޔާރު ހޭ" އިން ފިލްމީ ދުނިޔެއަށް ތައާރަފުވި އަމީޗާ އަންނަނީ މިހާރުކުރިޔަށްދާ ބިގް ބޮސްގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ.