ޚަބަރު

ފިލްމު "ލީނާ" ލީކް ކޮށްލައިފި


ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޢަބްދުﷲ މުޢާޒު ޑައިރެކްޓްކޮށް ލީޑް ރޯލް ކުޅެފައިވާ ފިލްމު ލީނާ ލީކް ކޮށްލައިފިއެވެ. މި ފިލްމު ލީކް ކޮށްލިކަން ފިލްމުގެ ޑައިރެކްޓަރ ޢަބްދުﷲ މުޢާޒް ވަނީ ފީއެސްއެމް ނިއުސްއަށް ކަށަވަރު ކޮށްދީފައެވެ.

މިކާމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މުއާޒް ބުނީ މި ފިލްމު ލީކް ކޮށްލިކަން މިމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެނގިފައިވާ ކަމަށެވެ. އަދި މި ފިލްމުގެ ކޮފީއެއް މިމަހުގެ 12 ވަނަ ދުވަހު ޔޫޓިއުބަށް ލާފައިވާކަމަށްވެސް އެނާ ބުނެ އެވެ.

މި ފިލްމުގެ ކޮފީ ޔޫޓިއުބުން ޢާއްމުންނަށް ބެލެން ހުރި ނަމަވެސް ފިލްމު ލީކް ކޮށްލާފައިވަނީ ކާކުކަމެއް ނޭގޭ ކަމަށް މުޢާޒް ވަނީ ބުނެފައެވެ. ލީކްވެފައިވާ ކޮޕީގައި އިނގިރޭސި ބަހުން ޖަހާފައިވާ ވޯޓަރމާރކް ނަމަކީ ސައްޔާޙް ޢާއްބާސް އެވެ، މިއީ ފިލްމު ”ލީނާ“ގެ އެއް ޕްރޮޑިއުސަރުގެ ނަމެވެ.

ފިލްމު ލީކް ވުމުގެ ސަބަބުން އެކަން ޕޮލިހަށް ހުށަހަޅަފައިވޭތޯ އަހާލުމުން މުޢާޒް ބުނީ ރާއްޖޭގެ ޤާނުނު އޮތް ގޮތުން ތަޙްޤީޤު ކުރުމަކީ ބޭކާރުކަމެއް ކަމަށާއި ތަހުޤީޤު ކޮށްގެން އެކަން ކުރި މީހަކު ހޯދޭނެ ގޮތެއްވެސް އަދި އެމީހުންނަށް ލިބޭނެ އަދަބެއް ވެސް ނޯންނާނެ ކަމަށެވެ.

ދިވެހި ފިލްމު ލިނާ އަކީ މުއާޒް ޑައިރެކްޓު ކޮށް ބެލުންތެރިންނާ ހިސާބަށް ގެނެސްދިން ފުރަތަމަ ފިލުމެވެ. މި ފިލްމު ވަނީ ބެލުންތެރިންގެ މެދުގައި މަޤުބޫލް ފިލްމަކަށް ވެފައެވެ.