އަތޮޅުތައް

މިލަންދޫ ސިއްހީމަރުކަޒަށް އަލަށް އިތުރު ކުރެވޭ ބައިގެ މަސައްކަތް


މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ސިއްޙީމަރުކަޒަށް އަލަށް އިތުރު ކުރެވޭ ބައިގެ އަމަލީ މަސައްކަތް ފަށައިފިއެވެ.މިލަންދޫ ކައުންސިލްގެ އިދާރާއިން މައުލޫމާތުދޭގޮތުގައި މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ތިންފިޔަވައްސަކަށް ބަހައިލައިގެން އެއްއަހަރުގެ ތެރޭގައި ނިންމާގޮތަށެވެ.މިލަންދޫ ސިއްޙީމަރުކަޒާއި އިންވެގެން އަލަށް އިތުރުކުރެވޭ މިބައިގައި ބަލިމީހުން ތިބޭނެ ވޯޑަކާއި އޮފީސް ބައެއް ހިމެނޭނެކަމަށް ކައުންސިލް އިދާރާއިން މައުލޫމާތުދެއެވެ. މިމަސައްކަތް ކުރަމުންދަނީ ޔޫމާން ކޮންސްޓްރަކްޝަނާ ހަވާލްކޮށްގެންނެވެ.