ޑެންގީ ހުމުން
ރައްކާތެރިވެތިބުމަށްޓަކައި މަދިރިކޮންޓްރޯލްކުރުމަށާއި، މަދިރި އުފެދޭތަންތަން
ނައްތާލުމަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން
އިސްނަގައިގެން ޑޯޓުޑޯ ކެމްޕެއިނެއް ރާއްޖޭގެ
އެކިކަންކޮޅުތަކުގައި މިއަދު ކުރިޔަށްގެންގޮސްފިއެވެ.
މިހަރަކާތް ރަސްމީކޮށް ފެށުނީ، މިއަދު ހެނދުނު ދިހައެއްޖެހިއިރު ދަރުބާރުގޭ
އިރުމަތީފަރާތުގައި އޮންނަ ހުސްބިން ސަރަހައްދުންނެވެ.
މިރަސްމިއްޔާތުގައި
ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، މިކެމްޕެއިންގެ
މައިގަނޑު މަގުސަދަކީ، އާންމުތަންތަނާއި ގޭގޭގައި މަދިރިއާލާވާ ތަންތަން ދެނެގަނެ
އެތަންތަން ނައްތާލުންކަމަށެވެ. ޑެންގީހުމުން ރައްކާތެރިވުމަށް ސަރުކާރުން ފައްޓަވާފައިވާ
މަސައްކަތުގައި ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުން ލިބެމުންދާކަމަށާއި އެންމެން
ގުޅިގެން ކުރާ މަސައްކަތުން ވަރަށް އަވަހަށް ދިވެހި މުޖުތަމައު ރައްކާތެރިވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޑެންގީ ހުމުން
ރާއްކާތެރިވުމަށް މަސައްކަތްކުރުމަށް ރައީސުލް ޖުމުހޫރިއްޔާ އެކުލަވާލައްވާފއިވާ
ޓާސްކްފޯހުގައި ހިމެނިވަޑައިގަންނަވާ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިޒް
ވިދާޅުވީ، މާލެތެރެ ސާފްކުރުމުގެ މަސައްކަތުގެ ދަށުން ސާފްނުކުރެވިވާ، މީހުންނޫޅޭ ތަންތަންބަލައި
އެތަންތަން ސާފްކުރުމުގެ މަސައްކަތް މެދުނުކެނޑި އެމިނިސްޓްރީއާ، މަސީން ގުޅިގެން
ކުރަމުންދާކަމަށެވެ.
މިރަސްމިއްޔާތުގައި
ޑިފެންސް މނިސްޓަރ ވިދާޅުވީ، ޑެންގީހުމާއި، އެހެނިހެންވެސް ރާއްޖޭގައި ފެތުރޭ
ބަލިމަޑުކަމުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތްކުރުން
މުހިންމުކަމަށެވެ.
އިސްލާމުންނަށް ވީތީ
އަޅުގަނޑުމެން މުސްލިމުން ސާފްތާހިރުކަމަށް ލޯބިކުރަން ޖެހޭކަން ފާހަގަކުރައްވައި
އިސްލާމިކް މނިސްޓަރ ޑރ. އަހްމަދުޒިޔާދުވެސްވަނީ ބަލިތަކުން ރައްކާތެރިވެތިބުމަށް
ސާފްތާހިރުކަންމަތީ ތިބުމުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ.
އެންވަޔަރމަންޓް
މނިސްޓަރ ތޯރިގް އިބްރާހީމް ވިދާޅުވީ، މާލޭގެ ސާފްތާހިރުކަން މިހާރު ވަރަށް ބޮޑަށް
ގެއްލިފައިވާކަމަށާއި އެންމެންވެސް ފަރުދީކަމެއްގެ ގޮތުގައި ދިރިއުޅޭތަންތަން
ސާފްކުރަން ޖެހިފައިވާކަމަށެވެ.
ދެގަޑިއިރަށް މުޅިރާއްޖޭގައި
ކުރިޔަށްގެންދިޔަ މިކެމްޕެއިންގެ ބައިވެރިވި ބައެއް އޮފީސްތަކުން ބުނީ،
ހަރަކާތްތެރިވި ސަރަހައްދުގައި ފެންހަރުލާގޮތަށް ހުރިތަންތަން މަދުކަމަށެވެ.
ނަމަވެސް މަދިރިއާލާވާގޮތަށް ހުރިތަންތަން ފާހަގަކޮށް އަމަލުކުރަންވީގޮތް
އާންމުނަށް ކިޔައިދީފައިވާނެކަމަށެވެ.
ރާއްޖޭގެ
އެކިކަންކޮޅުތަކުގައި މިހާރު ފެތރުރެމުންދާ ޑެންގީހުން ޖެހިގެން މިހާތަނަށް ހަތަރު
މީހަކުމަރުވެފައިވާއިރު 470 އެއްހާ މީހުންނަށް ބަލިޖެހިފައިވާކަން ރިޕޯޓް
ކުރެވިފައިވެއެވެ.