މާލޭގެ ގެއެއްގެ ކޮޓަރިއެއް ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މާފަންނު ގެއެއްގެ ކޮޓަރީގައި އުޅެމުންދިޔަ މީހެއްގެ ހަބަރެއް ނުވެގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފްއިން ފުލުހުންނަށް މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާކަމަށެވެ. އަދި އެމީހާ އުޅޭ ކޮޓަރި ތެރެއަށް ވަދެ ބެލިއިރު އެމީހާ އޮތީ ކޮޓަރިތެރޭގައި މަރުވެފައިކަން އޭޑިކޭގެ ޑޮކްޓަރުން ޔަގީންކޮށްދިން ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އެއީ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.
އެގޭގެ ސިޑި ހުރި ގޮތުން އެމީހާ ސިޑިން ބޭލުމަށް ދަތިތައް ހުރުމުން އެމީހާ އެގެއިން ނެރުނީ ސިފައިންނާއި ފުލުހުން ގުޅިގެން ގޭގެ ސިޑިގޮޅިން ކަމަށްވެސް ފުލުހުން މައުލޫމާތުދިނެވެ.