ޚަބަރު

ބްރޯޑްކޮމްގެ ރައީސާއި ނައިބު ރައީސް އައްޔަންކޮށްފި


މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސަކަށް އެ ކޮމިޝަނަށް މިއަދު އައްޔަން ކުރެއްވި މަރިޔަމް ވަހީދާ، އަދި ނައިބު ރައީސަކަށް އަޙްމަދު ޤައިޞް އެކޮމިޝަނުން އައްޔަންކޮށްފިއެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ މެމްބަރުންގެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ މަރިޔަމް ވަހީދާއާއި އަޙްމަދު ޤައިޞްގެ އިތުރުން އަލީ ޔޫސުފް މެމްބަރު ކަމުގެ މަގާމަށް މިއަދު ވަނީ އައްޔަން ކުރައްވާފައެވެ.

މި ބޭފުޅުން ބްރޯޑްކޮމްއަށް އައްޔަން ކުރައްވާފައިވަނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބާއި މެމްބަރު އިސްމާއިލް ސޮފްވާނާއި މެމްބަރު ހަސަން ނަބާހް އިސްތިއުފާ ދެއްވުމުންނެވެ. އަދި އެ ކޮމިޝަންގެ ނައިބު ރައީސް ފާތުމަތު ޒައިނާ މަޖިލިހުން ވަކި ކުރުމަށް މިހާރު ނިންމާފައިވާއިރު އެ މަގާމު މިހާރު ވަނީ ހުސްވެފައެވެ.