ކުޅިވަރު

ބޫޓާން ބަލިކޮށް ޤައުމީ ކްރިކެޓް ޓީމަށް ލޯ މެޑަލް ހޯދުމުގެ ފުރުޞަތު ލިބިއްޖެ


ނޭޕާލްގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ކްރިކެޓް އިވެންޓްގައި ބޫޓާން ބަލިކޮށް މުބާރާތުގެ ލޯ މެޑަލް ހޯދުމުގެ ރާއްޖެއިން ތަނަވަސްކޮށްފިއެވެ.

ޓީޔޫ ކްރިކެޓް އެރީނާގައި ކުރިޔަށްދާ ކްރިކެޓް މުބާރާތުގައި ބޫޓާނާއި ވާދަކޮށް ރާއްޖެ މެޗު ކާމިޔާބުކުރީ 8 ވިކެޓުންނެވެ. މެޗު ރާއްޖެއިން ކާމިޔާބުކުރި އިރު ރާއްޖެއަށް ބާކީ 29 ބޯޅަ ނުކުޅެ އޮތެވެ.

މެޗުގެ ޓޮސް ދިމާވެގެން ބޫޓާންއިން ނިންމީ ކުޅެން އަރާށެވެ. ބޫޓާން ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވިއިރު 117 ލަނޑު ވަނީ ހަދާފައެވެ. މި އިނިންގްސްގައި ބޫޓާން ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 40 ލަނޑު ހެދި އެ ޓީމުގެ ކެޕްޓަން ސިންޔޭ އެވެ.

ޖަވާބުގައި ރާއްޖެއިން ކުޅެން އަރާ 15.1 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 118 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައެވެ.

މި އިނިންގްސްގައި ރާއްޖެ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރާއްޖޭގެ އަހުމަދު ހަސަން އާއި އާދަމް އުމަރެވެ. އަހުމަދު ހަސަން ނުބައިވިއިރު އޭނާ ވަނީ 29 ލަނޑު ހަދާފައެވެ. އަދި އާދަމް އުމަރު ވަނީ ނުބައިނުވެ 37 ލަނޑު ހަދާފައެވެ.

ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ލީގު އުސޫލުން ކުޅުނު މުބާރާތުގެ ތިންވަނަ ހޯދި ނޭޕާލާއި ހަތަރުވަނަ ހޯދި ރާއްޖެއެވެ.

ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހުގެ ހެނދުނު ރާއްޖެގަޑިން 8:15 ގައެވެ.