ޚަބަރު

ރައީސް އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި މީހަކު ޖޫރިމަނާކޮށްފި


ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މީހަކު 10000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ހއ.ދިއްދޫގެ ހަވީރީފިނި، އަޙުމަދު ސިރާޖު ޖޫރިމަނާކޮށްފައިވަނީ އޭނާ ރައީސް އޮފީހުގެ ބިއްލޫރިގަނޑު ޕޭވްމަންޓު ގަލަކުން ޖަހައި، ތަޅާލާފައިވާ ކަމަށް ބުނެ ދައުލަތުން ކުރި ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމުގައިވާ ގޮތުން 19 މާރޗް 2017 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި، ރައީސް އޮފީހުގެ ބިއްލޫރިގަނޑު ޕޭވްމަންޓު ގަލަކުން ޖަހައި، ތަޅާލާފައިވާ ކަމަށް ބުނެ ދައުލަތުން ކުރި ދައުވާއަށް އަޙްމަދު ސިރާޖުވަނީ އިބްތިދާއީ މަޖިލީހުގައާއި އަވަސްނިޔާގެ މަޖިލީހުގައި އިއުތިރާފުވެފައެވެ.

ކުށަށް އޭނާ އިއުތިރާފުވެފައިވާތީ ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ އެއް މަހާއި، 24 ދުވަހުގެ ޖަލު އަދަބު، ޖޫރިމަނާއަށް ކުޑަވީ ކަމަށްވެސް އެހުކުމުގައި ފާހަގަ ކޮށްފައިވެއެވެ.