ހދ.ނޭކުރެންދޫގައި އުމުރުން ދުވަސްވީ މީހަކާމެދު މަރާމާރީ ހިންގައި އަނިޔާކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މާރާމާރީގައި އަނިޔާވި މީހާ ވަގުތުން އެރަށު ސިއްހީ މަރުކަޒަށް ގެންދިއުމަށްފަހު ބޮލުގެ ޓެސްޓްތަކެއް ހެދުމަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭގެ ފަހުން އިތުރު ފަރުވާއަށް މިހާރު މާލެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައިގެ ތުހުމަތުގައި 29 އަހަރާއި 34 އަހަރުގެ ދެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. ފުލުހުން ވިދާޅުވީ ނޭކުރެންދޫގައި 60 އަހަރުގެ ފިރިހެނާމެދު މަރާމާރީ ހިންގައި އަނިޔާކުރި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ ބުރާސްފަތި ދުވަހުގެ ރޭ 23:50 ހާއިރު ކަމަށެވެ.