ވިޔަފާރި

ކޯވިޑް-19 : އިއްތިހާދު އެއަރވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މަދުކޮށްފި


ކޯވިޑް19 އާއި ގުޅިގެން އިއްތިހާދު އެއަރވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މަދުކޮށްފިއެވެ.

އިއްތިހާދު އެއަރވޭސްއިން ބުނީ މާރޗް މަހުގެ 23 އިން ފެށިގެން އެ އެއަރލައިނުން ރާއްޖެއަށްކުރާ ދަތުރުތައް ދުވާލަކު އެއްދަތުރަށް މަދުކުރާނެކަމަށެވެ. އަދި އޭޕްރިލް މަހުގެ 30 ގެ ނިޔަލަށް މިގޮތައް އަމަލުކުރާނެކަމަށް އެ އެއަރައިނުން ބުނެއެވެ.

އިއްތިހާދު އެއަވޭސްއިން ބުނީ މި ބަދަލަކީ ކޯވިޑް19 ގެ ސަބަބުން ދުނިޔޭގައި ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ކުރާ އަސަރުގެ ސަބަބުން ގެންނަން ނިންމި ބަދަލެއްކަމަށެވެ. އަދި މިއީ އެ ކުންފުނީގެ ކަސްޓަމަރުންނާއި ސްޓާފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްކަމަށް އިއްތިހާދު އެއަރވޭސްއިން ބުނެއެވެ.

އިއްތިހާދު އެއަރވޭސްއިން އަބޫދާބީން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދުވާލަކު 2 ފްލައިޓް ބާއްވައެވެ. އެ އެއަރލައިންގެ ދަތުރުތައް އެންމެ ފުރަތަމަ ރާއްޖެއަށް ފެށީ 2011 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ. އޭގެފަހުން ހަފްތާއަކު 11 ދަތުރު ކުރަމުން އައިސްފައި ވެއެވެ.

ކޯވިޑް19 ގެ ސަބަބުން ދުނިޔޭގެ ބޮޑެތި އެއަރލައިންތަކަކުން ވަނީ ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަކަށް ކުރާ ދަތުރުތައް މެދުކަނޑާލާފައެވެ.