ޚަބަރު

ތާޒާ ފެން ވަކިވަކިން ގޭގެއަށް ގެންގޮސްދިނުން ހުއްޓާލައިފި


އައިލެންޑް ބެވަރޭޖް މޯލްޑިވްސް އިން ވަކިވަކިން ގޭގައަށް ފެން ގެންގޮސްދިނުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

އެކުންފުނިން ކުރި އިއުލާނުގައިވަނީ އެކުންފުނިން ފޯރުކޮށްދެމުންދާ ތާޒާ ފެން ވަކިވަކިން ގޭގެއަށް ގެންގޮސްދިނުން ހުއްޓާލީ ކޯވިޑް-19އާ ގުޅިގެން ދިމާވެފައިވާ ދަތިތަކާ ގުޅިގެންނެވެ.

ނަމަވެސް މާލެ ސަރަހައްދާއި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުން ދަތިނުވެ ތާޒާފެން ލިބޭނެ ތިންތިޒާމް ހަމަ ޖެއްސުމުގެ ގޮތުން މާލެ ސަރައްދުގެ ފިހާރަތަކަށާއި ރަށްރަަަށުން މާލެ އަންނަ އޮޑިދޯނި ފަހަރަށް ފޯރުކޮށްދެވޭނެ އެންމެ ގިނަ އަދަދަކަށް ފެން ފޯރުކޮށްދޭނެ ކަމަށް އެ ބަޔާނުގައިވެއެވެ. އެހެން ކަމުން ފިހާރަތަކަށް ގުޅައިގެން ފެން ގަތުމަަަށް އެކުންފުނިން ވަނީ އެދިފައެވެ.

މީގެ އިތުރުން އެ ކުންފުނީގެ ކަސްޓަމަރުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވާން ބޭނުންވާ ފިހާރަތަކުން އެ ކުންފުނީގެ ވެބްސައިޓް މެދުވެެރިކޮށް އޯޑަރު ދިނުމަށް ވަނީ އެދެފައެެވެ.