ޚަބަރު

ކޮވިޑް-19 : ރީޑިން ނެގުމުގައި އެމްޑަބުލިޔުއެސްސީން އާއްމުންގެ އެހީއަށް އެދިއްޖެ


މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމްޑަބްލިއުއެސްސީން ގޭގޭގައި ބަހައްޓާފައި ހުންނަ ފެން މީޓަރުތަކުގެ ރީޑިން ނެގުމުގައި އާންމުންގެ އެހީތެރިކަމަށް އެކުންފުނިން އެދިއްޖެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ މާލޭ ސަރަހައްދުގައި ފުރަބަންދު އިއުލާން ކޮށްފައިވާތީ އެކުންފުނީގެ މުވައްޒަފުން ބޭރުތެރޭ އުޅޭ މިންވަރު މަދުކުރުމުގެ ގޮތުން މީޓަރުގެ ރީޑިން ނެގުމަށް ކަސްޓަމަރުން ކިބައިން އެހީތެރިކަމަށް އެދޭކަމަށެވެ. މީޓަރުން ރީޑިން ނެގުމުގައި އެހީތެރިކަމަށް އެދޭނީ ކޮވިޑް-19 އާއި ގުޅިގެން މާލޭ ސަރަހައްދުގައި ފުރަބަންދު ޤާއިމް ކުރުމުގެ ކުރިން ބިލް ނުލިބި ތިބި ކަސްޓަމަރުންނަށް ކަމުގައި އެކުންފުނިން ބުނެފައިވެއެވެ.

މިގޮތުން މިމަހުގެ ބިލް ނުލިބި ތިބި ކަސްޓަމަރުންނަށް އެބޭފުޅެއްގެ ގޭގެ ފެންމީޓަރުގެ ފޮޓޯއެއް ފޮނުވައިދިނުމަށް އެމްޑަބުލިޔުއެސްސީން ވަނީ އެދިފައެވެ. އަދި ކަންތައް ކުރަންވީ ގޮތުގެ އިރުޝާދުތައް ހިމަނައި މިމަސް ނިމުގެ ކުރިން ކަސްޓަމަރުންނަށް ޓެކްސްޓް މެސެޖެއް ފޮނުވާނެ ކަމުގައި އެމްޑަބުލިޔުއެސްސީން ވަނީ ހާމަkުރައްވާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުުރުން ކޮންޓްރޯލްކުރުމަށް އެމްޑަބްލިއުއެސްސީ އާއި އެހެނިހެން އާންމު ހިދުމަތްތަށްދޭ ތަންތަނުންވެސް ދަނީ އޮންލައިންކޮށް ހިދުމަތްތަށް ދެމުންނެވެ. ކުރިންވެސް އެމްޑަބްލިއުއެސްސީ ބިލަށް އޮންލައިންކޮށް ފައިސާ ދެއްކެއެވެ. ނަމަވެސް ބިލްތަށް ދެއްކުމުގައާއި އެހެން ހިދުމަތްތަކަށް އެދުމުގައި އެމްޑަބްލިއެސްސީ ފަދަ ތަންތަނުން ދަނީ މިހާރު ހަމައެކަނި އޮންލައިން ހިދުމަތް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރަމުންނެވެ.