ޚަބަރު

ކޯވިޑް-19 : އިތުރު 36 މީހަކު ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 36 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 29 މީހަކާއި 6 ދިވެހިންނާއި އިންޑިއާ މީހެކެވެ. މި މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންންވެ.

މި މީހުންގެ ތެރޭގައި ހިމެނޭ 30 މީހުންނަކީ 3 ގޭބިސީއަކުން ޕޮޒިޓިވްވި މީހުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިރޭ އިތުރަށް ޕޮޒިޓިވްވި 36 މީހުންނާއެކު މިހާރު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 177އަށް އިތުރުވެފައެވެ. ރާއްޖޭގައި މިވަގުތު ކޯވިޑް-19އަށް ފަރުވާ ހޯދަމުންދަނީ 160 މީހެކެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 17 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.