އެއް އަހަރު ނުވާ ތުއްތު ކުއްޖަކު ކޮވިޑް-19އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަން އެކުއްޖާގެ މައިންބަފައިން ދެކޮަަޅުހަދަމުންދާތީ ސާމްޕަލް ނެގުމަށް ދެކޮޅު ނުހެދުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
ސިވިލް ކޯޓުން ނެރުނު މި އަމުރުގައި ކޮވިޑް-19އަށް ޓެސްޓްކުރަން އެއްބާރުލުން ދިނުމަށާއި އެކަމަށް މަގުފަހި ކޮށްދިނުމަށް ކުއްޖާގެ މައިންބަފައިނަށް ވަނީ އަންގަވާފައެވެ.
ބަންޑާރަނައިބުގެ އޮފީހުން ކޯޓަށް ހުށައެޅި އެ މައްސަލައިގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ކޯވިޑް-19އަށް ޓެސްޓް ކުރަން ސާމްޕަލް ނެގުމަށް ދެކޮޅު ހެދި މައިންބަފައިންގެ އިތުރުން ފުލުހުންނާ އެކަމުގަައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށްވެސް ވަނީ އަންގަވާފައެވެ.
ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މީހުންގެ ސާމްޕަލް ދިނުމަަށް އެދެނީ އާއްމު ސިއްހަތު ރައްކާތެެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަަށުންނެވެ. އަދި އެ އެންގުމަށް އަމަލު ނުކޮށްގެން މީގެ ކުރިންވެސް ސިވިލް ކޯޓުން އަމުރު ނެރެފައިވެ އެވެ. އަދި ކަރަންޓީނަށް ދެކޮޅު ހެދި މީހުންނާ ދެކޮޅަށްވެސް ކޯޓުން ގެންދަނީ އަމުރުތައް ނެރެމުންނެވެ.