ޚަބަރު

ކޯވިޑް-19 : 4 ޖަލުން ނެގި 139 ސާމްޕަލްވެސް ނެގެޓިވް


ޖަލުތަކަށް ކޯވިޑް-19ގެ ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި ހަތަރު ޖަލުން ނެގި ސާމްޕަލްތައްވެސް ނެގެޓިވްވެއްޖެއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރާއި މޯލްޑްވިސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ފެށި މިމައްކަތުގައިވަނީ މާފުށީ ޖަލާއި، ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ އިތުރުން މާލެ ޖަލާއި ހުޅުމާލެ ޖަލުން ވަނީ ޖުމަލަ 139 ސާމްޕަލް ނަގާއެވެ.

ކަރެކްޝަނަލް ސަރވިސުން ހާމަކުރައްވާފައިވާ މައުލޫމާތު ތަކަށް ބަލާއިރު މިހުރިހާ ސާމްޕަލްތަކުގެ ނަތީޖާވަނީ ނެގެޓެވިވެފައެވެ. މީގެ ތެރޭގައި ޤައިދީންނާއި ބަންދު މީހުންގެ އިތުރުން ޖަލު އޮފިސަރުންގެ ސާމްޕަލްވަނީ ނަގާފައެވެ. ފުރަތަމަ ސާމާޕަލް ނަގާފައިވަނީ މާފުށީ ޖަލުންނެވެ. އެޖަލުން ޖުމަލް 38 ސާމްޕަލް ނަގާފައިވާއިރު، ހިންމަފުށީ ރިހެބުން ޕޮޒިޓިވްވުމާއި ގުޅިގެން އެރަށުގައި ހުންނަ އައްސޭރިޖަލުން ނެގީ 36 މީހުންގެ ސާމްޕަލްއެވެ. މާލެ ޖަލުން 35 މީހުން ނަގާފައިވާއިރު، ހުޅުމާލެ ޖަލުން ވަނީ 30 ސާމްޕަލް ނަގާފައެވެ.

ބަލީގެ އަލާމާތްތައްނުފެނިވެސް ކޯވިޑް19 އަށް ޕޮޒިޓިވްވާތީ މުޖުތަމަޢުގައި ބަލި އުޅޭ މިންވަރު ދެނެގަތުމަށް އެންއީއޯސީން ފަށާފައިވާ މަސައްކަތުން މިހާތަނަށް ވަނީ ތަފާތު އެކިތަންތަނުން ރެންޑަމް ސާމްޕަލްތަކެއް ނަގާފައެވެ.