ޚަބަރު

ކޯވިޑް-19 : ޗައިނާއިން ރާއްޖެއަށް 20،000 މާސްކް ހަދިޔާކޮށްފި


ޗައިނާގެ ސޫޒޯ ސިޓީން ރާއްޖެއަށް ވިހިހާސް މާސްކް ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީއިން ވަނީ ޗައިނާއިން ހަދިޔާކުރި މި މާސްކްތައް މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާކަން ހާމަކުރައްވާފައެވެ، މި މާސްކްތައް ބޭނުންކުރާނީ ކޯވިޑް-19 ކޮންޓްރޯލްކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރާ މަސައްކަތްތަކުގައިކަމަށް ފޮރިން މިނިސްޓްރީއިން ވިދާޅުވެއެވެ.

ފޮރިން މިނިސްޓްރީން ކުރި ޓުވީޓް

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް ދަނީ ގިނަ އެހީތަކެއް ފޯރުކޮށްދެމުންންވެ. ޗައިނާ ރައްޔިތުންނާއި ޗައިނާގެ ކުންފުނިތަކުން ރާއްޖެއަށް ވަނީ ބޮޑެތި އެހީތަކެއް ވެދީފައެވެ. އެގޮތުން ދެޤައުމުގެ ދެމެދުގައި މަޝްވަރާކޮށް އެހީގެ ލިސްޓެއް އެކުލަވާލާ ދެ ފަހަރެއްގެ މަތިން ރާއްޖެއަށް ވަނީ އެހީގެ ސާމާނު މީގެކުރިން ވަނީ ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ޕީޕީއީ، މާސްކް އަދި ވެންޓިލޭޓަރު ފަދަ ޒަރޫރީ ސާމާނު ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ ޗައިނާ ކުންފުނިތަކުން އަންނަނީ ރާއްޖޭގައި ކަރަންޓީން ފެސިލިޓީތައްވެސް ތަރައްޤީކުރުުމުގައި އެހީތެރިވެދެމުންންވެ. މިގޮތުން ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަންގެ އެހީގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިދޭސީންނަށް ޚާއްސަކޮށްގެން ތަރައްޤީކުރި 800 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީގެ މަސައްކަތްނިންމައި މިހާރު ވަނީ އެތަން އެޗްޑީސީއާއި ހަވާލުކޮށްފައެވެ.