ޚަބަރު

ރާއްޖެއިން ކޯވިޑް-19ގައި 11 ވަނަ މީހަކު މަރުވެއްޖެ


ކޯވިޑް-19 ބަލީގައި ރާއްޖެއިން 11 ވަނަ މީހަކު މަރުވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ ރޭ މެންދަމު 1:52 ހާއިރު މަރުވެފައިވަނީ 77 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އަދި އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާދެމުންދިޔަ މީހެއްކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް-19 ބަލީގައި މަރުވި މީހުންގެ ޢަދަދު މިވަނީ 11އަށް އަރާފައެވެ. ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 6 ދިވެހިންނާއި 5 ބިދޭސީންނެވެ.