ކުޅިވަރު

ބަޔާނުގައި މަޑުނުކޮށް އަލްކަންޓާރާ ލިވަޕޫލަށް ދަނީ


ބަޔާން މިއުނިކްގައި މަޑުނުކޮށް ސްޕޭނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ލިވަޕޫލަށް ބަދަލުވާނެކަން ގާތްގަނޑަކަށް ޔަގީންވެއްޖެއެވެ.

ނަމަވެސް މިކަމާބެހޭ ގޮތުން ސުވާލުކުރުމުން އިނގިރޭސި ޗެމްޕިއަން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މިއީ އޭނާ ޖަވާބުދޭން ބޭނުންވާ ސުވާލެއްނޫން ކަމަށެބެ. ނަމަވެސް އަލްކަންޓާރާ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާފަދަ ކުޅުންތެރިއަކު ޓީމަށް ލިބޭނީ ނަސީބުވެސް ރަނގަޅުވެގެން ކަމަށެވެ. ކްލޮޕް މިކަމާމެދު ވާހަކަ ދައްކަން ބޭނުންނުވި ނަމަވެސް ބަޔާން މިއުނިކުން ވަނީ މިކަމުގައި ވާހަކަ ދައްކާފައެވެ.

އެ ޓީމުން ބުނީ ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރުގެ ކޮންޓްރެކްޓް އާކުރުމަށް އެ ކުލަބުން ކުޅުންތެރިޔާ ފުރިހަމަކުރަން ބޭނުންވާ ހުރިހާ ކަމެއްކޮށްދޭނެ ކަމަށެވެ. ނަމަވެސް އޭނާގެ ކެރިއަރުގައި އެހެން ތަޖުރިބާއެއް ކުރުމަށް ބޭނުންވާތީވެ މިއީ ނުވުން ކައިރިކަމެއް ކަމަށެވެ.

ލިވަޕޫލުން އަލްކަންޓާރާ ހޯދަން މަސައްކަތް ކުރަނީ އެ ޓީމުގެ މެދުތެރެ ވަރުގަދަ ކުރުމަށެވެ. ބަޔާންއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތުމުން އެކުލަބުން ބުނީ ކުޅުންތެރިޔާ އަންނަ ސީޒަނަށް ފަހު ފްރީ ޓްރާންސްފާއެއްގައި ދިއުމަށް ފުރުސަތުދޭން ބޭނުންނުވާ ކަމަށެވެ. މިހެންވެ އިނގިރޭސި މީޑިޔާތަކުން ލަފާކުރާ ގޮތުގައި 35 މިލިއަން ޕައުންޑަށްވުރެ މަދު އަދަދަކަށް ކުޅުންތެރިޔާ ލިވަޕޫލަށް ސޮއިކުރުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ.

އަލްކަންޓާރާ ލިވަޕޫލަށް ބަދަލުވަނީ
ލިވަޕޫލުން އަލްކަންޓާރާ ހޯދަން މަސައްކަތް ކުރަނީ އެ ޓީމުގެ މެދުތެރެ ވަރުގަދަ ކުރުމަށް