ޚަބަރު

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށްފި


ފުލުހުން ތަޙްޤީޤު ކުރަމުންދާ ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ދިރިއުޅުއްވާގެ ބަލާ ފާސްކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެގެ ބަލާފާސްކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުންކަމަށެވެ. އެހެންނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.

ފުލުހުން ދަނީ ދަނީ މި މައްސަލަ ތަޙްޤީޤު ކުރައްވަމުންނެވެ. ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި މައްސަލަތަކާގުޅޭ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުތުރުން ޖެންޑަރ މިނިސްޓްރީއަށްވެސް ވަނީ ހުހަޅާފައެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދާ ގުޅޭ މިބާވަތުގެ މައްސަލައެއް މީގެ ދުވަސްކޮޅެއް ކުރިންވެސް ވަނީ މީޑިއާއަށް ފެންމަތިވެފައެވެ.