މިއީ މިސީޒަންގައި ނުކުންނާނެ އެންމެ މުހިންމު މެޗަކީ ފައިނަލް ކަމަށާއި މިމެޗު ކާމިޔާބު ކުރެވިއްޖެކަމަށް ވާނަމަ އަދި ބާކީ ހަތަރު ފައިނަލު އެބައޮތްކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.
ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ގަދަ ސޯޅައިގަ ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ޒިދާން ބުނީ މުޅި ކުލަބުގެ ހުރިހާ އެންމެން މިމެޗަށް އޮތީ ތައްޔާރުވެފަކަމަށެވެ. އޭނާ ބުނީ ރަށުން ބޭރުގައި މިކަހަލަ މެޗުތައް ކާމިޔާބުކުރުމުގެ ތަޖުރިބާ އޭނާގެ ޓީމުގައި އެބަހަރިކަމަށެވެ. ޒިދާން ބުނީ މި މުހިންމު މެޗާ ކުރިމަތިލަނީ ހާލަތު ރަނގަޅަށް ދެނަ ތިބެ ކަމަށާއި ބޭނުންވަނީ ކާމިޔާބީގެ ވިސްނުމުގައި ތިބެ މުބާރާތް ނިންމާލަން ކަމަށެވެ.
ޒިދާން ބުނީ މީއީ ވަރަށް ވަރުގަދަ މެޗަކަށް ވާނެކަމަށާއި މި ދެޓީމަކީ މިވަގުތު ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ ދެޓީމުކަމަށެވެ. މެޑްރިޑާއެކު ތިން ފަހަރު ކޯޗެއްގެ ގޮތުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޒިދާން ބުނީ ޓީމުގެ ކުޅުންތެރިން މެޗުގައި ސަތޭކަ ޕަސެންޓު ދޭނެކަމާމެދު އޭނާ ޝައްކު ނުކުރާކަމަށެވެ.