ހުޅުމާލޭ ވޯޓަރ ޕާކު ސަރަހައްދުން ދުން އަރާފައިވަނީ ޓަޔަރެއްގައި ރޯވެގެންކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން އެ އަލިފާން ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ހުޅުމާލޭ ވޯޓަރ ޕާކު ސަރަޙައްދުގައި އެއްޗެއްގައި ރޯވެ ކަޅު ދުން އަރަމުންދާ މަންޒަފު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައިވަނީ ޢާއްމުވެފައެވެ.