ކުޅިވަރު

ފްރީ ސީޒަން ގެއްލި ގާޑިއޯލާ ކަރަންޓީންވާން ޖެހިއްޖެ


އިނގިރޭސި ކްލަބު މެންޗެސްޓަރ ސިޓީގެ ޕްރީ ސީޒަން ތަމްރީން ތަކުގައި ބައިވެރިނުވެ ކޯޗު ގާޑިއޯލާއަށް ކަރަންޓީންވާން ޖެހިއްޖެއެވެ.

ސާދަ ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ގާޑިއޯލާއަށް ޖެހުނީ ކުރު ޗުއްޓީއަކަށް ސްޕެއިންއަށް ދިއުމަށްފަހު އެނބުރި އިނގިރޭސިވިލާތައް ދިއުމުންނެވެ. ހަފްތާ ބަންދުގައި އާއިލާއާއި ބައްދަލުކުރުމަށްފަހު އިނގިރޭސީވިލާތައް އައި ނަމަވެސް އިނގިރޭސި ސަރުކާރުން ނެރެފައިވާ ގަވާއިދުގައި ވާ ގޮތުން ގާޑިއޯލާ ހުންނަން ޖެހޭނީ ހޯމް ކަރަންޓީނުގައެވެ.

އިނގިރޭސި ޕްރިމިއަރ ލީގު އަންނަ މަހުގެ ބާރަ ވަނަ ދުވަހު ފަށާއިރު ފުރަތަމަ ހަފްތާގައި ސިޓީ މެޗެއް ނުކުޅޭނެއެވެ. އެއީ މިމަހު ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ސިޓީ ވާދަކޮށްފައިވާތީއެވެ. ލީގުގެ ފުރަތަމަ މެޗަށް ސިޓީ ނުކުންނާނީ އަންނަ މަހުގެ ބާވީސް ވަނަ ދުވަހު ވުލްވްސް އާއި ދެކޮޅަށެވެ.

ސިޓީގެ ފުރަތަމަ އެގާރައިގަ ކުޅޭ ކުޅުންތެރިންނަވެސް ޕްރީ ސީޒަންގައި ތަމްރީން ތަކުގައި ބައިވެރިއެއް ނުވެވޭނެއެވެ. އެއީ އަންނަ މަހުގެ ކުރީކޮޅު އޮންނަ އިންޓަނޭޝަނަލް މެޗުތަކުގައި ކުޅޭތީއެވެ. ސިޓީން ޕްރީ ސީޒަންގެ ތަމްރީންތައް ފަށާނީ ޓީމުގެ ކޯޗާއި ނުލައެވެ.