ވިޔަފާރި

ޤަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅޭނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރަނީ


މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ޤަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅޭނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މިގޮތަށް ނިންމާފައިވަނީ "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދު"ގައެވެ.

ގަވާއިދުގައިވާ ގޮތުން މަސްވެރިކަން ކުރާ އުޅަނދުތަކުގައި ބިދޭސީންނަށް ހަރަކާތްތެރި ވެވޭނީ، އެ ކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ވަކި އުޅަނދެއްގައި އެ މަސައްކަތް ކުރުމަށް ވޯކްޕާމިޓް ލިބިގެންނެވެ. އަދި މިފަދަ ޕާމިޓާއި ނުލާ އުޅަނދު ފަހަރުގައި ބިދޭސީން ގެންގުޅޭނަމަ މަސްވެރިކަން ކުރުމުގައި ގަވާއިދާ ޚިލާފްވެފައިވާކަމަށް ކަނޑައަޅާ، ގެންގުޅޭ ކޮންމެ ބިދޭސީއަކަށް 5000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ.

މިގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ މަނާ ކަންކަން ކުރާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅާފައެވެ. މިގޮތުން ފާހަގަކުރެވޭ ބައެއް ކަންކަމުގެ ތެރޭގައި ބޮޑު ދަލު، އޮޔާދާ ދަލު އަދި ދަމާ ދަލުގެ މަސްވެރިކަން ކުރާނަމަ 4 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާއި، ގޮވާ އެއްޗެއް ނުވަތަ ވިހައެއް ބޭނުންކޮށްގެން މަސްވެރިކަން ކުރާނަމަ 1 ލައްކަ ރުފިޔާއިން ޖުރިމަނާކުރުން ހިމެނެއެވެ.

މިޤަވާއިދުގައިވާ ގޮތުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ހުއްދަނެތި މަސްވެރި އުޅަނދު ހަރަކާތްތެރިވާނަމަ 75 ހާސް ރުފިޔާއިން ޖޫރިމަނާ ކުރާއިރު، އެހެން ޤައުމެއްގެ ސިޔާދަތީ ބާރުގައި ހިނގާ ސަރަހައްދެއްގައި މަސްވެރި އުޅަނދު ހަރަކާތްތެރިވާނަމަ 1 ލައްކަ 50 ހާސް ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

މި ގަވާއިދަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

ފަހުދު

ވަރަށް ރަނގަޅު ކަމެއް.މިހާރު ޒުވާން ކުދިންނަށް ފުރުސަތު ނުލިބޭ.ދޯނި ތަކުގައި ފަސް ހަމީހުން ތިބޭ.ވަކި ކަމަކުންނެއްނުން.ހުރިހާ ކަމެއްގަވެސް ގަވާއިދާއި ޚިލާފަށް ގެންގުޅޭނަމަ ޖޫރިމައިނާ ކުރަންވީ...ކުދި ވިޔަފާރިތަކުގެ ކޮންޓްރޯލް އެމީހުން އަތުލައިފި.

އަހުމަދު އިބްރާހީމް

ކޮންމެ މަސްވެރިކަން ކުރާ އުޅަނދެއް ގައި ގިނަވެގެން ބިދޭސީން ނަށް މަސައްކަތް ކުރެވޭނެ އަދަދު ކަނޑަ އަޅަން ޖެހޭ

ސަނިސް

ޜިސޯޓްތަކުގަ ގެންގުޅޭމީހުންނޯ

ތަކުރު

ތިޔެއް ވޯކެއް ނުކުރާނެއެވެ