އައު ސީޒަނަށް އިނގިރޭސި ކުލަބު އެވަޓަންއަށް ގެނައި ކުޅުންތެރިންނާއެކު އަމާޒަކީ ޔޫރަޕުގެ މުބާރާތްތަކަށް ކޮލިފައިވުންކަމަށް އެވަންޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
އެވަންޓަނުން ވަނީ އައު ސިޒަނަށް އެކުލަބަށް ތިން ކުޅުންތެރިޔަކު އެޓީމަށް ޓީމަށް ގެނެސްފައެވެ. އެއީ ނަޕޯލީން ގެނައި ބްރެޒިލްގެ މިޑްފީލްޑަރ އެލަން އާއި ވަޓްފޯޑުން ގެނައި އަބްދުލަޔޭ ޑޮކޯރޭއާ ރެއާލް މެޑްރިޑުން ގެނައި ހަމޭސް ރޮޑްރިގޭޒްއެވެ. އަންޗެލޮޓީ ބުނީ ފުރަތަމަ އަމާޒަކީ މި ސީޒަނުގައި ލީގުގައި ރަނގަޅު ކުޅުމެއް ދައްކައި ލީގު ފުރަތަމަ މަގާމް ހޯދަން މަސައްކަތް ކުރުންކަމަށާއި، އެ އަމާޒަށް މަސައްކަތްކޮށްގެން ނޫނީ އަންނަ ސީޒަނުގައި ޔޫރަޕުގެ މުބާރާތަކަށް ކޮލިފައިނުވާނެކަމަށެވެ. އޭނާ ހާސިލްކުރަންވީ ލަނޑުދަނޑި ވަރަށް ސާފުކަމަށާއި އެ ލަނޑުދަނޑި ޙާޞިލްވާނެކަމާމެދު އެއްވެސް ވަރަކަށް ޝައްކު ނުކުރާކަމަށެވެ.
އާދީއްތަ ދުވަހު ލީގުގައި ޓޮޓްނަމްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަދައްކަމުން އެވަޓަންގެ ކޯޗު އަންޗެލޮޓީ ބުނީ އާ ކުޅުންތެރިންނާއެކު ކާމިޔާބު ހޯދުމުގެ އުއްމީދު އާވެއްޖެކަމަށާއި، ކުލަބު ލީގު ތާވަލްގެ މެދުތެރޭގައި އޮވެއްޖެކަމަށް ވާނަމަ ކޮލެޓީ ދަށްވާނެކަމަށެވެ.
ލީގުގެ ފުރަތަމަ މެޗުގެ ކުރިން ވާހަކަދައްކަމުން ޓީމާ އަލަށް ގުޅުނު ހަމޭސް ރޮޑްރިގޭޒް ބުނީ މިއީ އުނދަގޫ ލީގެއް ކަމަށާއި ވަރުގަދަ ޓީމުތައް ލީގުގައި ވާދަކުރާކަން އެނގޭކަމަށެވެ. އުއްމީދަކީ ކުލަބަށް އަވަހަށް ހޭނި ލީގުގެ މެޗުތަކުގައި އޭނާގެ ވަރުގަދަ ކުޅުންދެއްކުން ކަމަށް ރޮޑްރިގޭޒް ބުންޏެވެ.