ބާސެލޯނާގެ އާ ކޯޗު ކޫމަންގެ ކެޕްޓަނަކީވެސް މެސީ ކަމަށާއި އެނާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.
ކޫމަން ބުނީ މެސީގެ މޮޅުކަން އޭނާ އަނެއްކާވެސް ބާސާއެކު ދައްކާނެކަމަށް އުންމީދު ކުރާކަމަށެވެ. އޭނާ ބުނީ އައު ސީޒަނަށް ތައްޔާރުވުމުގެ ތަމްރީނުތައް ދަނީ ވަރަށް ބަރާބަރަށް ކަމަށާއި މުޅި ޓީމުއެކީގައި ދެ ހަފްތާގައި ތަމްރީން ފުރިހަމަ ކުރެވިއްޖެކަމަށެވެ. ކޫމަން ބުނީ ތަމްރީންތަކުގައި ޕޮޒިޓިވް ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށާއި މި ތަމްރީން ތަކުން ކުޅުންތެރިންގެ ރޫހު ވަރަށް ވަރުގަދަކަން އެނގިގެން ދިޔަކަމަށެވެ. މެޗުގައި ކުޅެވޭނީ ކުޅެން ބޭނުންވާ ގޮތަށް ތަމްރީންތަކުގައި މަސައްކަތް ކޮށްގެންކަމަށް ކޫމަން ބުންޏެވެ.
މެސީ ބާސެލޯނާގައި މަޑަކުރަން ނިންމި ނިންމުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށާއި މެސީގެ މުހިންމުކަން ޓީމަށް އިންތިހާއަށް ބޮޑުކަމަށް ކޫމަން ބުންޏެވެ. އޭނާގެ މޮޅުކުޅުން އަލުން މި ސީޒަނުގައި ތަކުރާރު ކުރާނެކަމަށް އުންމީދު ކުރާކަމަވެސް ބާސާގެ ކުރީގެ ކުޅުންތެރިޔާ ކޫމަން ބުންޏެވެ. ކޫމަން ބުނީ ބާސެލޯނާގެ ޒުވާން ކުޅުންތެރިން ޓީމަށް ހޭނުނުލެއް ވަރަށް އަވަސްކަމަށެވެ.
ސްޕެނިޝް ލީގުގައި ބާސެލޯނާ ކުޅޭ ފުރަތަމަ މެޗުގައި މިމަހު 27 ވަނަ ދުވަހު ނުކުންނާނީ ވިޔަރެއާލްއާ ދެކޮޅަށެވެ. އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕްރީސިޒަނުގެ ފުރަތަމަ މެޗު ރޭ ބާސެލޯނާއިން ވަނީ ކުޅެފައެވެ. ކެޕްޓަން މެސީ ކުޅުނު މެޗުން ބާސެލޯނާ މޮޅުވީ މެސްޓިކްއާ ވާދަކޮށް 3-1 ގެ ނަތީޖާއަކުންނެވެ.