ޓޮޓްނަމްގެ ކުރީގެ ކުޅުންތެރިޔާ ގެރެތް ބޭލް އެޓީމަށް އަނބުރާ ގެނައުމަށް ކުރަމުންދާ މަޝްވަރާތަކާ ގުޅިގެން ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ވާހަކަދައްކަން ބޭނުމެއްނުވިއެވެ.
ޔުރޮޕާ ލީގުގެ ކޮލިފައިންގެ ދެވަނަ ބުރުގައި ބަލްގޭރިޔާގެ ލޮކޮމޯޓިވް ޕްލޯޑިވްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޭލްގެ ޓްރާންސްފާގެ ސުވާލުތައް އަމާޒުކުރުން މޮރީނިއޯ ބުނީ އެހެން ޓީމެއްގެ ކޮންޓްރެކްޓަގައި ހުރި އެއްވެސް ކުޅުންތެރިޔެއްގެ ވާހަކަ އޭނަ ދައްކަން ބޭނުން ނުވާކަމަށް ބުނެފައެވެ.
މޮރީނިއޯ ވަނީ ރެއާލްއާ މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމުގައި ހުރި ދުވަސްވަރު ބޭލް އެކުލަބުތަކަށް ގެނައުމަށް މަސައްކަތް ކޮށްފައެވެ. ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުން އެވަޓަން އަތުން ބަލިވުމުން މޮރީނިއޯ ބުނީ ޓޮޓްނަމަށް ޓްރާންސްފާ މާކެޓު ބަންދުކުރުމުގެ ކުރިން ފޯވާޑެއް ބޭނުންވާކަމަށް ބުނެފައެވެ.
މޮރީނިއޯ ބުނީ ބޭލް އެނގޭކަމަށާއި އޭނާޔާ ގުޅޭގޮތުން ކޮމެންޓް ނުކުރާނެކަމަށެވެ. އެވާހަކަދައްކަން ބޭނުންވަނީ ރެއާލް މެޑްރިޑުގެ ކުޅުންތެރިޔަކަށް ވާތީ ކަމަށް މެޑްރިޑުގެ ކުރީގެ ކޯޗު ބުންޏެވެ. މޮރިނީއޯ ބުނީ ސިއްރުކުރަންވީ އެއްވެސް ކަމެއް ނެތްކަމަށާއި އެއީ ހަގީގީ ސަބަބުތައްކަމަށެވެ.
އިނގިރޭސި މިޑީޔާ ރިޕޯޓުތައް ބުނާގޮތުން ވަރަށް އަވަހަށް ޓޮޓެންހަމަށް ބޭލް ސޮއިކުރާނެއެވެ. މިހާރު ދެކުލަބުގެ ދެމެދުގައި މަޝްވަރާތައް ފެށި އަގަކާ މެދު ކޮންމެވެސް ވަރަކަށް އެއްބަސްވެފައިވާކަމަށް އިނގިރޭސި މީޑިޔާތަކުން ރިޕޯޓުކުރެއެވެ.